ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ތިލަދުންމަތީގެ ރަށްތަކުން 100 ސާމްޕަލް ނަގަނީ

ކޮވިޑް-19 ގެ ނުރައްކާ ތިލަދުންމައްޗަށް ފޯރާފައިވާތީ އެ ސަރަހައްދުން 100 މީހުންގެ ގައި ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ކޮވިޑް-19 ގެ ބިރުވެރިކަން ތިލަދުންމައްޗަށް ފެތުރިފައިވާތީ ހއ،ހދ އަތޮޅުން 100 މީހުން ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާ ކަމަށެވެ.

އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ށ ނަރުދޫ، އަމާޒު ބޯޓުގެ ކެޕްޓަންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވަނީ އިއުލާންކޮށްފައި އެވެ. މިދެ ބޯޓަކީ ސަރަހައްދުގެ ގިނަ ރަށްތަކަކަށް ޖައްސަމުން ގޮސްފައިވާ ބޯޓުތަކެއްކަމުން ވައިރަސް ފެތުރިދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައި އެވެ.

އަދި ސަރަހައްދުގެ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސް، ކޮންޓެކްޓް ރޭސިންގގެ މަސައްކަތް ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން 16/8/2021 ...

ހަނިމާދޫ އެއާޕޯޓު ހަދަން ޖޭއެމްސީ އަށް 2 ބިލިއަން ރުފިޔާ ހަވާލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް   އެ ...

ކޯވިޑް-19 : މާލެއިން ފުރަތަމަ ފަހަރަށް ބަގްލާދޭޝް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން ފުރަތަމަ ފަހަރަށް ބަގްލާދޭޝް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާއާއެކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ...