• Categories
  • Archives

ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވި ބައެއް ފަރާތްތަކާއި ބައެއްވަޒީރުން ބައްދަލުވި

 

ބައެއް ވަޒީރުންވެސް މިވަގުތު އައިސޮލޭޝަންގައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާލާތުގައި އިސްސަފުގައި ހަރަކާތްތެރިވާ އެންމެންވެސް މަސައްކަތްކުރަމުންދަނީ ކޮންމެ ވަގުތެއްގައިވެސް ކަރަންޓީންއަށް ދާންޖެހިދާނެކަމުގެ ބިރުވެރިކަމާއެކުގައި ކަމަށެވެ.

އެގޮތުން ޑައިރެކްޓް ކޮންޓެކްޓްވެގެން ބައެއް ވަޒީރުން މަސައްކަތަށް ނުނިކުމެވި އައިސޮލޭޝަންގައި ގޭގައިތިއްބެވިކަމަށާއި، ސަރުކާރުން ކަންކަން އިންތިޒާމުކުރަމުންދަނީ އެއްފަހަރާ އެންމެން ތާށިނުވާނެފަދަގޮތަކަށް ކަންކަން ބަހާލައިގެން ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހާއެއްކޮށް ސަރުކާރު ތަރުތީބުކޮށްފައި ރައީސުލްޖުމްހޫރިއްޔާމިވަނީ ކޮންމެ ނުރައްކާތެރި ހާލަތަކަށް ދިޔައަސް ކަންކަން މެނޭޖްކުރެވޭނެ ގޮތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އެންއީއޯސީގައި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާ، ހޯމް މިނިސްޓަރ އިމްރާން، ހެލްތް މިނިސްޓަރ އަމީން، ޕްލޭނިންގ މިނިސްޓަރު އަސްލަމާއި އަޅުގަނޑުވެސް މިދަނީ މިތަނުގައި މަސައްކަތްކުރަމުން. އޭގެ މާނައަކީ މިތަނުގައި އަޅުގަނޑުމެން މިތަނުގައި މިތިބި މީހުންނަކީ ކޮންމެ ވަގުތެއްގައިވެސް މިބަލީގައި ޑައިރެކްޓް ކޮންޓެކްޓަކަށް ވެދާނެ މީހުން. ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނެތިއްޔާ ދެން ހުންނަ މީހާ ހުންނާނެ” މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖެއިން މިހާރު ކުރިމަތިލަމުން މިދަނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުކަމުގައިވާ ފޭސް ދެއަކާއިކަމަށާއި، ދެން ކުރިމަތިލާން އޮތީ މިހާލަތުން އަރައިގަނެވި ރާއްޖޭގެ އިޤްތިސާދާއި އާންމު ސިއްޙަތު ރިކަވަރީއަށްގެންދާނެ 3 ވަނަ ފޭސްއާކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން އަދިވެސް މަސައްކަތްކޮށްފިނަމަ މިކަމުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން ދުރާލާ އަޅުއްވާފައިވާ ފިޔަވަޅުތައް އެޅުއްވުމުގައި ކަންކުރަންވީ ގޮތުގެ އިރުޝާދު ދެއްވައި ކަންކަން އިންތިޒާމްކުރަމުން ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިންނެވެ. މާޗް 7 އިން ފެށިގެން ޤައުމީ ޓާސްކްފޯސް އުފައްދަވައި ކޮންމެރެއަކުވެސް ކޯވިޑް-19 ގެ އެންމެ ފަހުގެ އަޕްޑޭޓްތައް ބައްލަވައި ދެން ކަންކަން ކުރާނެގޮތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން އެމަނިކުފާނު ގެންދެވީ މަޝްވަރާކުރައްވަމުންނެވެ. ކުރިން ޓާސްކްފޯހާއި ވަޒީރުންގެ މަޖިލީގުގެ ބައްދަލުވުންތައް މުލީއާގޭގައި ބޭއްވިނަމަވެސް މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޯވިޑް-19 ފެނުމާއެކު އެބައްދަލުކުރެއްވުންތައް ބާއްވަމުންގެންދަވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް- ރައީސް ނަޝީދު

އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ. ރައީސް ނަޝީދު މިހެން ...

ކޮވިޑް-19: ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް – މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން  އިއްޔެ ނިޔަލަށް 1603073 މީހުންނަށް ޖެހިފައިވާއިރު ...

ވަކިވެގެތުމަށް ބާރުލިބިދޭ ޢަމަލަކަށް ޖާގައެއް ނުދޭނަން – ހޯމްމިނިސްޓްރީ

ދިވެހި ދައުލަތް ފޮތިފޮތިކޮށް އެއްވެސް ގޮތަކުން ވަކިވެގެތުމަށް ބާރު ލިބިދޭ ޢަމަލަކަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ހޯމް މިނިންސްޓްރީން ...

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

Advertisement ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ...

ރެކޯޑް އަދަދަކަށް މިއަދު ދިވެހިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 137 މީހަކު ކޮވިޑް 19 އަށް  ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ...