ސިފައިންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ

ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ކުއްލި ޙާލަތުގައި ޤައުމީ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ ސިފައިންގެ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ހަސަތޭކައަށްވުރެ ގިނަމީހުން އެކަހެރިކޮށްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ކާނަލް ޙުސައިން ޢަލީ ވިދާޅުވީ ޕޮޒިޓިވްވި ސިފައިންގެ ފަސްމީހުންނާ ގުޅުންހުރި ސިފައިންގެ ބައެއް މީހުންވެސް ކަރަންޓީނުކޮށްފައިވާކަމަށެވެ.

“އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުވެ ތިބޭނަން. އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ މީހުން ކަމާގުޅުންހުރި ފަރާތްތަކުގެ އިންތިޒާމްތަކަށް ފޮނުވާ، ހަމަމިއާއެކު ޕޮޒިޓިވްވާ ސިފައިންނާ ގުޅުންހުރި މީހުންވެސް އެކަހެރިކުރަންޖެހޭ. އެހެންވީމަ އެނގޭ މީ ކުރިމަތިވާނެ ހާލަތެއްކަން. އަޅުގަނޑުމެންގެ ލީޑާޝިޕް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އަޅުގަނޑުމެންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބައޮތް. އެސްއޯޕީތަކެއް އެބަހުރި. ސްޓޭންޑާރްޑްތަކެއްވެސް އެބަހުރި. އެހެންކަމުން މި މިންގަނޑުތަކާއެއްގޮތަށް މަސައްކަތްކުރަމުން މިދަނީ.” ކާނަލް ޙުސައިން ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ފިޔަވަޅުތަކެއް އަޅާފައިވާކަަމަށްވެސް ކާނަލް ޙުސައިން ޢަލީ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ސިފައިންނާއި ފުލުހުން ހިމެނޭގޮތަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ހަ ސަތޭކައަށްވުރެ ގިނަ މީހުން އެކަހެރިކޮށްފައިވާކަމަށެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ނުދިމުން މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ...

އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން ބުލީކުރުން- ރޭވިގެން ހިންގާ ޢާންމު ކަމެއް- ޝަރީފް

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ...