މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ދެނެގަތުމަށްޓަކައި، ރެންޑަމްކޮށް ނަގަމުންދާ ސާމްޕަލްތަކަކީ އެއްވެސް އަލާމާތެއް ހުރެގެން ނުވަތަ ވަކި ރިޕޯޓެއް ލިބިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫންކަމަށެވެ.

ސާމްޕަލްތައް ނަގަމުންދަނީ މާލެ ސަރަހައްދަށް ޚާއްސަކޮށްގެންކަމަށާއި، އިއްޔެ ވިއްސާރަ ވުމުގެ ސަބަބުން، ނެގިފައިވަނީ 25 ސާމްޕަލެއްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މިއަދު  ރެންޑަމްކޮށް މަގުމަތިން ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ބާޒާރުމަތި، ކަންމަތީ ފިހާރަތައް، ފެރީޓާމިނަލްތައް އަދި މަގުމަތިންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިތަންތަނުން ސާމްޕަލްތައް ނެގުމުގައި ހައިރިސްކް ގްރޫޕްތައް ހިމެނޭ ސަރަހައްދުތަކަށާއި މިހާތަނަށް ބަލި ފެތުރިފައިވާ ގޮތަށް ބަލައި ސާމްޕަލްތައް ނެގުމަށް އިސްކަން ދޭނެ ކަމަށެވެ.

ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން ކުރެވޭ ޓެސްޓުތަކުން ވެސް ކޮވިޑަށް ފައްސިވެފައިވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވޭނެ – ރައީސް

ގދ.ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅާ އެއާޕޯޓާއެކު އެ ސަރަޙައްދުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ...

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...

ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...