ނަރުދޫ ކޭސް ބޮޑު ކްލަސްޓަރ އަކަށް ވެދާނެ – ޑރ.އަފްޒަލް

މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާތަނަށް ޕްރައިމަރީ ކޮންޓެކްޓްވި 113 މީހުންގެ ތެރެއިން 9 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި، މިއީ ވަރަށްބޮޑު ކްލަސްޓަރ އަކަށް ވެދާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވް ވުމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ގިނަ ބަޔަކާއި ކޮންޓެކްޓް ވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރެއިން 9 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 8 މީހުން ނިސްބަތްވަނީ ނަރުދޫއަށް ކަމަށެވެ. އަދި އަނެއްމީހާއަކީ މިލަންދޫއަށް ނިސްބަތްވާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫގައި މިހާރު މުޖުތަމައުގައި ބަލި ފެތުރޭކަމަށް ބެލެވޭތީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

98 މީހުންނާއެކު ށ.ނަރުދޫއަށް ދަތުރުކުރި “އަމާޒު” ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން ފުރައިގެން ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ ޓުއަރިސްޓަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން ...

އައްޑޫ އީދު ފެސްޓިވަލް 2022: ރޭ ބޭއްވުނު މިއުޒިކް ޝޯވއިން މީދޫގައި ބޭއްވުނު ކުޅިވަރުތައް ނިންމާލައިފި  

އައްޑޫސިޓީ މީދޫގައި އައްޑޫ އީދޫ ފެސްޓިވަލް 2022 ނަމުގައި  މި އަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ...

އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ...