• Categories
  • Archives

އަނެއްކާވެސް 13 ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 13 ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 269 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މިއަދު ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންނަކީވެސް ހުސް ދިވެހިންކަމަށެވެ.  އޭގެ ތެރެއިން އެންމެ މީހެއް ފިޔަވާ އެންމެންނަކީ އާރުއެސްސީ ކްލަސްޓާއަށް ނިސްބަތްވާ ބައެއްކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން މިއަދު މިހާތނަށް  19 މީހަކު ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ.  އަދި މިއަދު ޕޮޒިޓިވްވި ގިނަ މީހުންނަކީ  ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން 117 ދިވެހިން ޕޮޒިޓިވް ވެފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެއީ 115 ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން ޕޮޒިޓިވްވި ކޭސްގެ ތެރެއިން މިހާރު އެކްޓިވްކޮށް ހުރީ 252 ކޭސްއެެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 3 ފަރާތަކަށެވެ. 17 މީހެއްގެ ބަލި ވަނީ މުޅި ރަނގަޅުވެފައެވެ. އަދި މިހާތަނަށް މި ބަލީގައި އެއްވެސް މީހަކު ރާއްޖެއިން ނިޔާވެފައި ނުވެއެވެ

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން އިއުލާން ކުރި ފުރަބަންދުވެސް މިއަދު އިތުރުކޮށްފައިވާއިރު އަދިވެސް ބަލި ފެންނަ މިންވަރު އިތުރުވާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފި

ވަޒީފާއަށް އަލަށް ރާއްޖެ ގެންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ރާއްޖެއަށް އަލަށް ވަޒީފާއަށް ...

ކޮވިޑަށް ޕޮޒިޓިވްވި ޑިބާލާ ބަލިން ފަސޭހަވެއްޖެ

ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ ...

ކޮވިޑް-19: އިތުރު 140 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެއިން 140 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ...

ރާއްޖެ އާއި މެދު އިންޑިޔާއިން ގެންގުޅޭ ސިޔާސަތާއި ގުޅިގެން ރާހުލް ފާޑުކިޔުން އިންޑިއާސަރުކާރަށް

އަވަށްޓެރި އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މައްސަލާގައި އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީއާއި، އެޕާޓީގެ ރައީސް ރާހުލް ...

ކޯވިޑް-19 : މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 13 އަަށް

އިތުރު ދިވެއްސަކު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. މި މީހާ ...

މީޑިއާނެޓްގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ސްޓޭ ހޯމް ޕެކޭޖް: 12 ޗެނަލްއެއް މުޅިން ހިލޭ!

ކޮރޯނާ ވައިރަސްއާއި ގުޅިގެން، އާއްމުން ގޭގައި މަޑުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން މީޑިއާނެޓުން ދޫކުރާ ޗެނަލްތަކުގެ ތެރެއިން ބައެއް ...