“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ޚާން މަރުވެއްޖެވެ.

މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައިި އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މަރުވި އިރުފާންވަނީ  2018 ވަނަ އަހަރު ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް)، ބަނޑުގެ ކެންސަރަށް އިނގިރޭސި ވިލާތުން ފަރުވާ ހޯދާފައެވެ.

ޓީވީ ސީރީޒްއެއް ކަމަށްވާ “ޝްރީކާންތު” އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު “ސަލާމް މުބްއީ” ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރުފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް “ސްލަމްޑޯގް މިލިއަނާ” އިން އޮސްކާ ހާސިލްކޮށްފައެވެ.

އަދި މީގެ އިތުރަށް އިރުފާން ވަނީ ބޮލީވޫޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން “މުމްބާއީ މެރީ ޖާން،” “ޕީކޫ”، “ލައިފް އިން އަ މެޓްރޯ” “ދަ ލަންޗްބޮކްސް”، “ހައިދަރު” އަދި “ތަލްވާރު” ފަދަ މޮޅެތި ފިލްމުތައް ފާހަގަކޮށްލެވެއެވެ.

މިއަދު ހެނދުނު މަރުވި އިރުފާން މުމްބާއީ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލްގައި ހާލު ސީރިއަސްވެގެން އެޑްމިޓް ކުރީ އިއްޔެ އެވެ.

މީގެ ހަތަރުވަރަކަށް ދުވަސް ކުރީން އިރުފާންގެ މަންމަ ވެސް ވަނީ މަރުވެފައެވެ. މުޅި އިންޑިއާ ލޮކްޑައުންގައި އޮތުމުން މަންމަގެ ޖަނާޒާއަށް އިރުފާނަށް ނުދެވުނުއިރު އޭނާ މަންމަގެ ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

އިރުފާން މަރުވި އިރު އޭނާގެ އަންބަކާއި ދެ ފިރިހެން ދަރިން އެބަ ތިއްބެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – އެމްޓީސީސީ ބަލިކޮށް ފެނަކަ ފައިނަލަށް

މިހާރު ހުޅުދޫގައި ކުޅެވެމުންދާ އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަމެޗް ކާމިޔާބުކޮށް ޓީމްފެނަކަ ފައިނަލަށް ދަތުރުކޮށްފިއެވެ.  ޓީމް ...

އައްޑޫ އިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި

ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހްމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ...

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ...