މާލޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެފައިވާ ކޮރޯނާ ވައިރަސް، ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު، މާލޭގައި އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނި ހަފްތާއަކަށް ވުރެ ގިނަ ދުވަސްތައް ފާއިތުވެގެންދިޔައިރު ދުވަހުން ދުވަހަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އަދި އެ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށް، ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭގެ ދަށުން ފިޔަވަޅުތައް އަޅާފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެފްރީގެ ނިންމުތަކާ ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަޑު ރެފްރީއަށް އަމާޒުކޮށްފި

މަމެން އައްޑޫއިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗަށްފަހު  އަތޮޅުމަދަރުސާޓީމްގެ ...

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ރަސްމީ ދުތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ...

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް” ޗެނަލް ލޯންޗުކޮށްފި

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް”ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ. މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ...