ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

“ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ އަންހެނެކެވެ. އަދި ސީއެންއެމް އިން ގެނެސްދީފައިވާ ޚަބަރުގައި ބުނެފައިވަނީ އެއަންހެން މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވި “އަމާޒު” ބޯޓުގެ  ފަޅުވެރިއެއްގެ ދަރިއެކެވެ.

ސީއެންއެމް ގެނެސްދީފައިވާ މިޚަބަރުގައި އިތުރަށް ބުނެފައިވަނީ ނަރުދޫއިން މިއަދު އިތުރު ދެ މީހަކު ވެސް ޕޮޒިޓިވްވެފައިވާކަމަށެވެ.  އަދި އެމީހުން ވަނީ ހދ. އަތޮޅުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ، ދޮނަކުޅިއަށް ބަދަލުކޮށްފައިކަމަށްވެސް ސީއެންއެމް ގެނެސްދީފައިވާ ޚަބަރުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ނަރުދޫން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

އަމާޒު ބޯޓުން ދަތުރުކުރި ށ. މިލަންދޫ މީހަކު ވެސް ވަނީ އެބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިކަން ...

ރައީސު ސޯލިހު، ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ...

މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކޮށްފި

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް ގިނަ ވުމާ ގުޅިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގައިފިއެވެ. ކޮވިޑާއި ގުޅިގެން ...