• Categories
  • Archives

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަށް

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަން ނަންގަވައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަ ކޮށްފައެވެ.  އެ ހޮސްޕިޓަލް މި މުއްދަތުގައި ސަރުކާރުން ބޭނުން ކުރާނީ ކޯވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ހުރިހާ ބަލި މީހުން އައިޖީއެމްއެޗަށް ބަދަލު ކުރެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އެތަން ބޭނުންކުރާ މުއްދަތުގައި މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރާނެ ކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ނިންމާފައިވަނީ ކޯވިޑް ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށެވެ.

އެފަދަ ހާލަތަކަށް ދާ މީހުންނަށް މިހާރު ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާގައި އެވެ. އެތަނުގައި ހުރީ10 އެނދެވެ. އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމާއި އެކު އެތަނުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާރު އެ ތަނުގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖެއިން ކޯވިޑަށް491 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އަދި އެކަކު މި ބަލީގައި ވަނީ މަރުވެފައި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...

އައްޑުއަތޮޅުގަމުގައި ހިންގަމުންއަންނަ ފްލައިން ސްކޫލް ނ.މާފަރަށް ބަދަލުކުރަނީ

އައްޑުއަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، ބަދަލުކުރަން ...

ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއެކްސިޑެންޓާބެހޭގޮތުން ...

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި އެވެ. މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ...

50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް  50 މޭލާށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ މެޓް ...

މުލަ ރޯދަަ ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ. އިސްލާމިކް ...