ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފިއެވެ.

ސަންޗޯއަކީ އިންގްލޭންޑް ގައުމީ ޓީމްގެ މެދުތެރެއަށް ކުޅެމުން އަންނަ ގިނަ ޓީމް ތަކުން ބޭނުން ވެފައިވާ ކުޅުންތެރިއެކެވެ. މި ސީޒަންގައި އޭނާ ވަނީ ކުޅުނު 27 މެޗްގައި 8 ގޯލްޖަހައި 13 އެސިސްޓް ކޮށްދީފައެވެ. ސަންޗޯ ޑޯޓްމަންޓްއަށް ސޮއިކޮށްފައިވަނީ 8 މިލިއަން ޕައުންޑް އަށް 2017 އޮގަސްޓް މަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެހިޖެހިގެން 2 ވަނަ ސީޒަނެއްގައިވެސް ނޭމާ ނުލިބިދާނެކަމަށް ބާސެލޯނާއިން މިހާރުވަނީ ބަލަންފަށާފައެވެ. އެއީ ކޮވިޑް 19 ގެ ސަބަބުން ކުޅުންތެރީންގެ އަގުތައް ކުރީން ހީކުރިވަރަށްވުރެ މަތިވާނެކަމަށް ލަފާ ކުރެވެން ފެށުމުންނެވެ.

މެންޗެސްޓަރ ޔުނައިޑެޓުން ހޯދަން މަސައްކަތްކުރަމުން އަންނަ އިގިރޭސި ފޯވާޑް ސަންޗޯ ވިއްކަން ޑޯޓްމަންޓުން ކިޔަނީ 130 މިލިއަން ޕައުންޑެވެ. ނަމަވެސް މިއަގު ކުޑަކުރުވުމަށް ބާސެލޯނާއިން ވަނީ އިތުރު ކުޅުންތެރީން ދިނުމަށް ވިސްނަން ފަށާފައެވެ.

ނޭމާގަތުމަށް ބާސެލޯނާއިން މަދުވެގެން 180 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އިގުތިސާދީގޮތުން މިއީ މިވަގުތު އެކުލަބަށް ކުޅަދާނަކަމަކަށް ނުވާނެކަމަށް ތަޖުރިބާކާރުން އަންނަނީ ލަފާ ކުރަމުންނެވެ. އެއީ އިންޓަމިލާނުގެ ފޯވާޑް މާޓިނެންސް ގަތުމަށްވެސް ބާސެލޯނާއިން މަސައްކަތް ކުރަމުންދާތީއާއި މާޓިނެންސް ގަތުމަށް މަދުވެގެން 111 މިލިއަން ޔޫރޯ ހޭދަކުރަން ޖެހޭނެކަމަށް ބެލެވޭތީއެވެ.  އޭނާ ގަތުމަށް ބާސެލޯނާއިން މަސައްކަތްކުރާތީވެ މިލާނުގެ ކޮންޓެކްޓް އާނުކުރަން މާޓނެންސް ނިންމާފައިވާކަމަށްވެސް ސްޕެއިންގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި ދަރިވަރުން އިންޓަރނެޓަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފި

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި، މިނިސްޓްރީ އޮފް އޭޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ...

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...

ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ...