އައްޑޫ ސިޓީ 14 ދުވަހަށް ފުރަބަންދުކޮށް ގެއިން ނިކުތުން މަނާކޮށްފި

އައްޑޫ ސިޓީ 14 ދުވަހަށް ފުރަބަންދު ކުރަން ނިންމައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިގް ވިދާޅުވީ އައްޑޫ ސިޓީން މާލެއަށް ގެނައި ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމަށް ބެލެވޭތީ އެ ސިޓީ ފުރަބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޙެލްތުން އަންގަވާފައިވާކަމަށެވެ. އަދި ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުތުން މަނާވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީން ބޭރަށްވެސް އަދި އައްޑޫ ސިޓީއަށްވެސް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މި ހާލަތުގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދޭނެ މަގު ފަހިކޮށްދެވޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާކަމަށްވެސް އައްޑޫ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން އަވަށްތަކުގައި ޤާއިމްކޮށްފައިވާ ސޯޝަލް ޑެސްކުތަކަށް ގުޅުމުން އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ….

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގައިފި

ބިދޭސީ މީހެއްގެ ލޮލުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެޕްރިކަން އައި ވޯމް (ލޮއިއޭސިސް) އެއް އައްޑޫ ...

ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ އަންނަ މަހުން ފެށިގެން މަޢާފް

ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 24 ވަނަ ދުވަހު ...

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ...