ކޮވިޑް-19: އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ފަހުގެ ދެ ޓެސްޓުވެސް ނެގެޓިވް ވެއްޖެ

އައްޑޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ދެއްކި މީހާގެ، ފަހުން ހެދި ޓެސްޓުތަކުން އޭނާ ނެގެޓިވް ވެފައިވާކަމަށް ދައްކާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އައްޑޫސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހުކުރު ދުވަހު ޑޮކްޓަރަށް ދައްކަންދިޔަ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ، އިކުއިޓޯރިއަލް ހޮސްޕިޓަލުން، މިވަގުތު ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އޭނާ މާލެ ފޮނުވާލުމުން އައިޖީއެމްއެޗް އަށް ގެންގޮސް ހެދި ޓެސްޓުންނެވެ. ނަމަވެސް އޭނާގެ ކިބައިން އިތުރު އެއްވެސް ޢަލާމާތެއް ނުފެނި އަދި ބަލިޖެހިދާނެކަމަށް ބަލެވޭ އެއްވެސްކަމެއް ދިމާވެފައި ނުވާތީ އިތުރަށް 2 ސާމްޕަލް ނަގައި ޓެސްޓް ކުރުމުންވެސް ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީވަނީ އިއްޔެއިން ފެށިގެން 14 ދުވަހަށް ފުރަބަންދުވެސް ކޮށްފައެވެ. އަދި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވީ މިމީހާ ހުކުރުދުވަހުގެރޭ މާލެ ގެންގޮސްފައިވަނީ ހިތުގެ ބައްޔަކަށް ފަރުވާ ދިނުމަށްކަމަށެވެ. އަދި މިމީހާއަކީ މާޗް 30 ވަނަ ދުވަހު ރިސޯޓަކުން އައްޑު އަށް ދިޔަ މީހެއްކަމަށްވެސް ސޯބެ ވިދާޅުވިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖާރ ޝަރަފުއްސާދާތު ވިދާޅުވީ، މިކޭސް އާއި ގުޅިގެން މިހާތަނަށް ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަވެފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ 7 ޑޮކްޓަރުންނާއި، އެޓެންޑެންޓުންނާއި ނަރުހުންގެ ތެރެއިން 10 މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫގައި އެ މީހާ ދިރިއުޅެމުން އައިގެ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން އޭނާ އާއި ގުޅުން ހުރި 7 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސާދާތު ވިދާޅުވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައު ޓްރާސްފޯމަރު ގުޅަން މިއަދު މުޅިރަށުން ކަރަންޓް ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މިއަދު  ހުޅުދޫއާއި މީދުން ކަރަންޓް ކަނޑާލާނެ ކަން ފެނަކަ-ހުޅުމީދޫ ބްރާންޗުން އަންގައިފިއެވެ. ފެނަކަ-ހުޅުމީދޫ ...

4 ލީޑަރުން ސޮއިކުރި އެއްވެސް އެއްބަސް ވުމެއް ނެތް- ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން

4 ލީޑަރުން ސޮއިކުރި އެއްވެސް  އެއްބަސް ވުމެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވައިފިއެވެ. ސަރުކާރު ...

އައްޑޫ ސިޓީ ކައުންސިލުން އެސިޓީގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް

އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއި ތުރުކީގެ ކުންފުނިތަކަކާއި ...