އައްޑޫސިޓީގައި އިއުލާން ކުރި ފުރަބަނދު އުވާލައިފިއެވެ.

އައްޑޫ ސިޓީން ބޭސްފަރުވާއަށްމާލެ ގެންދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ފުރަބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެމީހާ ފަހުން ކޯވިޑް-19އަށް ނެގެޓިވްވުމާ ގުޅިގެން އެ ޙާލަތު އުވާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގެ ކަރަންޓީން ހާލަތު އުވާލި ނަމަވެސް، އަދިވެސް ކުރިއެކޭ އެއްގޮތަށް އެއްރަށުން އަނެއްރަށަށް ދާނަމަ ފުލުހުންގެ ޚާއްޞަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި ކުރިން ހުއްދަ ދީފައިވާއުސޫލުގެ ދަށުން ވިޔަފާރި ތަކަށް ޑެލިވަރީގެ ޙިދުމަތްވެސް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ފުރަބަނދު އުވާލިނަމަވެސް ކުރިއެކޭ އެއްގޮތަށް އަދިވެސް 3 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ވާނެކަމަށާ، ދުއްވާލަން ދިއުމާއި ޕާކްތަކާއި މައިޒާން ތަކަށް އެއްވެ އުޅުންވެސް މަނާވާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ އިއްޔެ އައްޑޫ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅިނަމަވެސް ބައެއް ފަރާތްތަކުން އެ ފިޔަވަޅުތައް ލުއިކޮށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން މިހާރަށްވުރެ ބޮޑަށް ބަލައި އާންމުންނަށް ދަތިނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނަ ކުރާނެ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ފުރަބަންދުގެ ހާލަތު އުވާލިނަމަވެސް، އެ ހޮސްޕިޓަކުން އޮންލައިން ކޮންސަލްޓޭޝަން ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން އޯޕީޑީގެ ޙިދުމަތް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއެކޭ އެއްގޮއްތަށް ހަފްތާއަކު ދެދުވަހު ކުރިއަށް ގެންދަވާނެ ކަމަށްވެސް ސާދާތު ވިދާޅުވިއެވެ. އަދި އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގައި ފުރަބަންދުގެ ހާލަތު އުވި ނަމަވެސް ޒަރޫރީހަލާތްތަކުގައި ނޫނީ ބޭރަށް ނުދިއުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީސްމީޑިޔާ މެދުވެރިކޮށް މައްސަލަތަކުގެ މަޢްލޫމާތު ފުލުހުންގެ ތެރެއިން ރިޔާޒު ހޯދި – ޕީޖީ

މީސް މީޑިޔާ މެދުވެރިކޮށް ހިނގަމުންދާ މައްސަލަ ތަކުގެ ވާހަކަ ފުލުހުންގެ ތެރެއިން ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...