އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

އަނެއްކާވެސް އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލ. އަތޮޅުންފެށިގެން  އައްޑޫ ސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 21:00  އިން މިރޭގެ ދަންވަރު  1:00 ގެ ނިޔަލަށެވެ.

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މިރޭ 19:00 ން މިރޭގެ ދަންވަރު 1:00 އަށް ވައިޓް އެލާޓް ނެރެފައިވާއިރު މިއަދުގެ އެހެން ދެވަގުތެއްގައި އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.

މސިޓީ އާއި އައްޑޫ ސިޓީއަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ލ. އަތޮޅުން ފެށިންގެން އައްޑޫސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި  ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާ އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މީޓިއޮރޮލޮޖިކަލްގެ ޔެލޯއެލާޓްގައި ހާމަކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާގައި އައްޑޫސިޓީއަށްވެސް  ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ  ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދުގެ ޒުވާން ޖީލު ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކާމެދު ވިސްނާލަމާތޯ

މީގެ އަހަރުތަކެއް ކުރީން ، އަޅުގަނޑުމެންގެ ވެށިން ފެނިގެން ގޮސްފައިވަނީ އަމާންކަމާއި، ދޭދޭ ފަރުދުންނަށް އިޙްތިރާމްކުރާ އެއްބައިވަންތަ ކުށް ...

ރާއްޖޭގެ އިގްތިޞާދު ރިސެޓް ކުރުން

މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެ މި އޮތީ ފުރަބަންދުކޮށްފައެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. ...

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 ...