14 ރަށަކުން 334 މީހެއްގެ ވަޒީފާވަނީ ގެއްލިފައި- އެޗްއާރުސީއެމް

ކޮވިޑް 19 އާއި ގުޅިގެން 14 ރަށަކުން 334 މީހެއްގެ ވަޒީފާ ގެއްލިފައިވާކަމަށް ހިއުމަންރައިޓްސްއޮފްދަމޯލްޑިވްސް ( އެޗްއާރުސީއެމް )  އިން ހާމަކޮށްފިއެވެ.

މިމަހުގެ 1 ވަނަދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް 27 ރަށު ކައުންސިލަކުން ފޯރުކޮށްދީފައިވާ މައުލޫމާތު އެޗްއާރުސީއެމުން އާއްމުކޮށްފައިވާއިރު ކޮވިޑް 19 އާއިގުޅިގެން 334 މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް 14 ކައުންސިލަކުން މައުލޫމާތު ދީފައިވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި 27 ރަށުގެ ތެރެއިން 7 ރަށެއްގައި މީހުން ކަރަންޓީންކޮށްފައިވާއިރު 9 ރަށެއްގައި ހޯމް އައިސްލޭޝަންގައި މީހުން ބައިތިއްބާފައިވާކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ލިބެން ނެތްކަމަށް ދެރަށެއްގެ ކައުންސިލުން ބުނެފައިވާއިރު މަސްދުވަހަށްވާވަރަށް ކާބޯތަކެތި ނެތްކަމަށް 9 ރަށަކުން ބުނެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ކާބޯތަކެތީގެ އަގުބޮޑުވެފައިވާކަން 6 ރަށަކުން ބުނެފައިވާއިރު މީގެ ތެރެއިން ދެރަށަކުން ތަކެތީގެ އަގު އުފުލިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މަތިންކަމަށް ބުނެފައިވެއެވެ.

މިރިޕޯޓްގައި 1 ރަށެއްގައި ކާބޯތަކެތި ލިބުން ދަތި އާއިލާއެއް އެބަހުރިކަމަށާ ރަށުގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި އެހެނ ބިދޭސީންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް 3 ރަށަކުން ފާހަގަކުރާކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

ގިނަ ރަށްރަށުގައި ބޯފެން ރައްކާކޮށްފައިވާއިރު 4 ރަށެއްގައި އެކަށީގެންވާވަރަށް ބޯފެން ރައްކާކުރެވިފައިނެތްކަމަށާ ފިހާރަތަކުގައި ވިއްކަން ހުންނެ ފެނުގެ އަގުބޮޑުކޮށްފައިވާކަމަށް އެއްރަށުން މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް ކެއްކުމަށް ބޭނުންވާ ގޭސް ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިނެތްކަން 3 ރަށަކުން ފާހަގަކުރާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓްކަޕް – ޕެނަލްޓީގައި އުސްގަޑަ ބަލިކޮށް، ރިވެރިން ސެމީއަށް

ގައުމު ސްޓްރީޓް ކަޕްގައި  ޕެނަލްޓީ ޖަހައިގެން ހިތަދޫ އެފްސީ އުސްގަޑަ ބަލިކޮށް، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ސެމީފައިނަލުގެ ...

ޓީމް ބަލިވިނަމަވެސް އެރިކްސަންގެ ހާލު ރަނގަޅުވުމުން ޑެންމާކް ހިތްހަމަޖެހިފައި

“ޑެންމާކް ބަލިވީއެވެ. ނަމަވެސް ފުރާނައެއް ކާމިޔާބު ކުރެވިއްޖެއެވެ.” މިއީ ޑެންމާކްގެ ނޫސްތަކުގައި ފާހަގަކޮށްފައިވާ ސުރުޚީއެކެވެ މިއީ ރޭގެ މެޗްގެ ...

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 09 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...