ދޮށީ އުމުރުގެ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް

އުމުރުން ދުވަސްވީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހެއްގެ ނަތީޖާ ނެގެޓިވް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ނެގުނު ރެންޑަމް ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުން އަންނަ މީހުންނަކީ މި ބަލި ޖެހުުމުގެ ފުރުސަތު ބޮޑު ބަޔަކަށްވާތީ، އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވޭލަންސްގެ ތެރެއިން ވަނީ ސާމްޕަލްތައް ނަގަން ފަށައިފައެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. މީގެ ތެރެއިން 4 މީހަކު މަރުވެފައިވާއިރު 91 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިރޭ ކުޅެވޭ ފައިނަލްމެޗްގައި ޑީކޭގެ ސަމީނުއަށް ނުކުޅެވޭނެ

ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޑީކޭގެ ކެޕްޓަން ސަމީނުއަށް މިރޭ ކުޅެވޭ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ...

ވީބީގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ވީބީ ބްރަދާސްގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ތަފްސީލު އަންނަނީ

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ...