• Categories
  • Archives

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މިޙާލަތާ ގުޅޭގޮތުން ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި ޞިއްޙީ ބޭފުޅުންގެ އިރުޝާދުތަކާއެކު މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާކަމަށެވެ. ރާއްޖެއިން މިބަލި ފެނުނުތާ މަދު ދުވަސްތަކުގެ ތެރޭގައި ޞިއްޙީ ބޭފުޅުންގެ އިރުޝާދުތަކާއެކު ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިއަދު އުންމީދީ މަންޒަރުތަކެއް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ ދޮޅު މަސްވެސް ނުވަނީސް މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މިދެކެވެނީ، ދުރާލައި މިފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާ ކުރަމުންދާނީ، ޞިއްޙީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ޙާލަތު. ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް އަންނަނީ ތައްޔާރުވަމުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވީ މާލޭ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުއި ދެއްވާނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ގެއިން ބޭރަށް ނުކުމެ އުޅުމަށް ވިޔަފާރިތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްކިތްތަކާއި ހޮޓާތަކާއި އޮފީސްތައް ސްކޫލްތައް ހުޅުވާނީ ދެވަނަ ފިޔަވަހީގެ ދަށުންކަން ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.

” މާލެ ސަރަޙައްދުގެ ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާ އެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެއިން ފުރަ ބަންދުގެ ހާލަތު ދޫކޮށްލާާއިރު ކޯވިޑަށް ޓެސްޓްކުރުމުގެ ޤާބިލުކަން މިހާރަށްވުރެ އިތުރުކޮށް ފަރުވާއަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ހަމަކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނައިރު މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

” އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައިނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، ޢާންމު އުޞޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިއުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުރަބަންދުގެ މުއްދަތު އިތުރުނުކޮށް ލުއިތަކެއް ދިނުމަށް ނިންމާފައިވަނީވެސް ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުން ހައްލުތަކެއް ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިދޫކޮށްލާ ދޫކޮށްލުމުގައިވެސް ރައްޔިތުން ވީހާވެސް ބޮޑަށް ޞިއްޙީގޮތުން ފަރުދީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ފުރަ ބަންދަށްދެވޭ ލއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާނަމަ ފުރަބަންދަށް އެންބުރި ދާންޖެޖެހުމަކީ އެކަށީގެންވާކަމެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ފަސް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެޓިވީގެ ”ކޮވިޑް-19” ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތުގެ ...

މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ހާލަތަކަށް ގެނެސްފި

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ކޮށްފިއެވެ. އެޗްޕީއޭއިން ...

ފެނަކައިގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރަކަށް ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ. ރައީސް އަބްދުﷲ ޔާމީން މި މަގާމަށް މިއަދު ...

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާއްމުކޮށްފި

ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީން) އަމިއްލައަށް ...

ދަސްވާރުގެ ބަދަލުގައި “ހޭވައްލާ” ޕްރޮގްރާމް ފަށައިފި

ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމްގެ ބަދަލުގައި “ހޭވައްލާ”ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި  ...

ދަމަނަވެށީގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި

އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ...