މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ- އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް  ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

މިކަން މިގޮތައް ނިންމެވިކަން ހާމަކޮށް ސިޓީކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ 22 މެއި 2020 ވާ ހުކުރު ދުވަހުން ފެށިގެނޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން ކޮންމެ ދުވަހެއްގެ 18:00 އިން 22:00 އަށްކަމަށެވެ. އަދި  އެއަށްފަހު ޝައްވާލުމަހުގެ 6 ރޯދަ ނިމުމުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 22:00 އަށް ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެކަމަށްވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ކެފޭ ރެސްޓޯރެންޓްތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރަންވީގޮތުގެ ގައިޑްލައިނެއް ސިޓީކައުންސިލުންވަނީ ހަމަޖައްސާފައެވެ. އަދި އެގައިޑްލައިންގައިވާ ގޮތުގެމަތިން ކެފޭ ރެންޓޯރެންޓް ތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށް ސިޓީކައުންސިލުންވަނީ އިއުތިމާސްކޮށްފައެވެ.

ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމުގައި އާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރާނެގޮތުގެ ގައިޑްލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ ރެސްޓޯރެންޓުތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަންނަނިވި ކަންކަމަށް ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ. އެގޮތުން؛

  1. ކެފޭ ރެސްޓޯރެންޓްތަކުން ޢަމަލުކުރަންޖެހޭ ކަންކަން:

(ހ) ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ބަލައި ރެސްޓޯރެންޓް ކެފޭތަކަށް މީހުން ވެއްދުން؛ އެގޮތުން މޭޒުތަކާއި ގޮނޑިތައް އެތުރުމުގައި ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން؛

(ށ) ކެފޭ ރެސްޓޯރެންޓްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެކަކު އަނެކަކާ ދެމެދު 3 ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމްކޮށްފައި ހުރުން؛

(ނ) ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛

(ރ) ކެފޭ ރެސްޓޯރެންޓްތަކަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ބެހެއްޓުން؛

(ބ) ކޮންމެ ދުވަހެއްގެވެސް ޚިދުމަތްދޭ ވަގުތު ނިމުމުން، ކެފޭ ރެސްޓޯރެންޓްގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން؛

(ޅ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމުގައި ބުފޭގެ ގޮތުގައި ޚިދުމަތް ނުދިނުން. އަދި ހަމައެކަނި ވަކިވަކިން މޭޒުތަކަށް ސާރވްކުރާ ގޮތައް ޚިދުމަތް ދިނުން؛  މީގެ އިތުރުން ދުފާއެއްޗެހި ޕެކެޓްގައި ސާރވް ކުރުން؛

(ކ) މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ކަމާބެހޭ އެހެންވެސް އިދާރާތަކުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން.

  1. 2ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:

(ހ) ކެފޭ ރެސްޓޯރެންޓްތަކަށް ދިއުމުގެ ކުރިން އަދި ފަހުން އަތްދޮވުން؛

(ށ) ޓޭކްއަވޭގެ ގޮތުގައި ޚިދުމަތް ހޯދުމަށް އިސްކަންދިނުން؛

(ނ) ކައިބޮއި ހަދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާސްކް އަޅައިގެން ހުރުން؛

(ރ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3    ފޫޓްގެ ގައިދުރުކަން ބެހެއްޓުމަށް އިސްކަސްދިނުން؛

(ބ) އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

ކޮވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ. ...

ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި ...