އައްޑު އަތޮޅު ހިމެނޭގޮތައް ލ އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ

މިއަދު  މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވަނީ ލ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓްއޮފީހުގެ ވައިޓް އެލާޓްގައި ހާމަކޮށްފައިވެއެވެ.  މެޓްގެ އެލާޓް ނެރެފައި ވަނީ މިއަދު  7:30 އިން މެންދަމު 12:30 އާ ހަމައަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހެދުމުގެ ޝަރަފު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދެ ދަރިވަރަކު ހޯދައިފިއެވެ. މި ޝަރަފު ...

ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...

ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ މީހާ ރޭ ފަތިހު ފުލުުހުން ...