• Categories
  • Archives

އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލަށްލުމަކީ އިންސާފުކަމަށް ނުވިސްނޭ: ރައީސް ނަޝީދު

މިހާތަނަށް ދިވެހި ދައުލަތުން ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލެއްވުމަކީ އެއީ އިންސާފުކަމަށް ނުވިސްނޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސީދާ ރައީސް ނަޝީދު އެކަން ހާމަ ނުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ގާތް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ސޯޝަލް މީޑީއާގައި މިހާރު ދައުރުކުރަމުންދާ، ލިޔުން އެއީ، ރައީސް ނަޝީދުގެ އަތު ލިޔުއްވުންކަމަށް ބެލެވޭ ލިޔުގައި، ވިދާޅުވެފައިވަނީ، ރައީސް ޔާމީނުގެ އަމަލުތަކާއި ޚިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަކަށް ޤަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް، މަރުކޮމިޝަންގެ މައްސަލަތައްވެސް ހަމަ މިފަދަ. ކުރަން ބުނި ކަންކަން އަޅުގަނޑުމެންޖެހޭނީ ކުރަންރައީސް ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއަށް މިލިޔުން ދައުރުވާން ފެށި ސަބަބަކީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕަލަމެންޓްރީ ގްރޫޕްގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައިސް އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ކުރެއްވި، ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރެއްވުމާއި ގުޅިގެން އެމްޑީޕީއާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދެމުން ދާތީ، އެ ޓްވީޓްތައް ރިޓްވީޓް ކުރެއްވި ސަބަބު އެމްޑީޕީއާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާމަކޮށްދިނުމަށް ކަމަށް ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަކާއި، ގޮތްނޭނގޭގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

އެކޮމިޝަންތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުން ނެވެ. އަދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ކޮވިޑް-19 އާ ގުޅިގެން، ގައުމީ ސަލާމަތަށް ހުރި ނުރައްކަލުގެ ކަންކަމުގެ ތެރޭގައި ވެސް ގޮންނޭނގޭ ގޮތަށް މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލުމުންދާ މައްސަލަތައް އަވަހަށް ނިންމައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ލަފާދިނުމަށް ނިންމާފައި ވެއެވެ. އަދި ކޮމެޓީގެ އެރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސަލާމަތީ ޚދުމަތްތަކާ ބެހޭ ކޮމެޓީގެ އެރިޕޯޓަށް ބަހުޘް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހަސަން ލަތީފް ވިދާޅުވެފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް ދިވެހި ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރި ކަމަށެވެ. އަދި އެމްޑީޕީން ވީ ވައުދުތައް ފުއްދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާކަމަށެވެ. އެހެންކަމުން މި ސަރުކާރު ވެސް އަދި މި މަޖިލިސް ވެސް އެ މައްސަލަތައް ނުބަލައި ލޯ މަރާލައިގެން ތިބެވޭކަށް ނޯންނާނެ ކަމަށެވެ. އެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ހުރަސް އަޅާ ބަޔަކު ތިބިކަމަށް ވަންޏާ ސަރުކާރުން އެބަޔަކު ދުރުކުރަން ޖެހޭ ކަމަށާއި އަދި އެ މައްސަލަތައް ތަޙުޤީޤު ކުރާނެ ބަޔަކާ ޙަވާލުކުރަން ޖެހޭ ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނުގެ ވަރަށް ބޮޑެތި ގިނަ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އެގޮތުން ހަމައެކަނި އެމްއެމްޕީއާރުސީގެ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން، ހިންގި މަނީ ލޯންޑަރިންގ މައްސަލައެއް ރައީސް ޔާމީނުގެ މައްޗަށް ސާބިތުގެ ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.

މަސްދަރު: ރާއްޖެއެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޖުނައިދު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑޫސިޓީ މީދޫ ކެނެރީވިލާ މުޙައްމަދު ޖުނައިދު ...

މާފުށީގައި ތުރުކީ ރައްޔިތެއް ގެނބިގެން މަރުވެއްޖެ

މާފުށީގައި ތުރުކީވިލާތުގެ ރައްޔިތަކު ގެނބިގެން މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ...

ދިރާގު ޓީވީން ޔޫއެފްސީގެ މެޗުތައް ލައިވް ކުރަނީ

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަލްޓިމެޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މެޗުތައް ދިރާގު ޓީވީން ލައިވްކުރަން ދިރާގުން ...

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ...

ކޯވިޑް-19 : މިއަދު އެކަނި މިހާތަނަށް 50 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު 50ހަށް އިތުރުވެއްޖެއެވެ. މިހާތަނަށް 191 މީހުން ރާޢްޖެއިން މި ...

އައްޑޫސިޓީގައި 3 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދުއްވަން ނިކުތުމަކީ މަނާކަމެއް

އައްޑޫ ސިޓީގައި 3 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށާ އަދި ޒަރޫރީ ބޭނުމެއް ...