މީދޫ ބޮޑުމަގުގެ އުތުރުކޮޅުގެ މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްޕޯލްތަކުގެ ތެރެއިން ބައެއް ލައިޓްޕޯލްތަކާއި މީދޫ ބަނދަރުގެ ސަރަހައްދުގައި ޖަހާފައިވާ ލައިޓް ޕޯލްތަކުގެ ތެރެއިން ބައެއް ލައިޓް ޕޯލްތައް އެސަރަހައްދުތަކުގައި  މަސައްކަތް ކުރަމުން ދިޔަފަރާތްތަކުން ލައިޓްޕޯލް ނެގުމުގެ ބަދަލުގައި ވައްޓާލުމުގެ ސަބަބުން  ލައިޓްޕޯލްތަކުގައި ހަރުކުރެވިފައިވާ އަގުބޮޑު ލައިޓްތައް ހަލާކުވެގެން ގޮސްފިއެވެ.

މިގޮތައް ލައިޓް ޕޯލްތަކުގައި ހަރުކުރެވިފައިވާ އަގުބޮޑު ލައިޓްތައް ތަޅައިގެން ގޮސްފައިވަނީ ބަނދަރުގެ މަސައްކަތާއި މަގުގެ މަސައްކަތް ކުރަމުންދާ ފަރާތުން ލައިޓް ޕޯލް ވައްޓާލުމުގެ ސަބަބުންނެވެ.

” މަސައްކަތްކުރާ ސައިޓުން ނަގަން ޖެހޭ ތަކެތި ނަގާ ސާފްކޮށްދިނުމަށް ކައުންސިލުގައި އޮންނާނީ އެދިފައި . ސައިޓުން ނަގަންޖެހޭ ތަކެތި ނުނަގާ ސާފް ނުކޮށް ހުރުމުގެ ސަބަބުން މަސައްކަތައް ދަތިވާގޮތައް ހުރި ތަކެތި މަސައްކަތް ކުރާމީހުން ދާނީ ނަގަމުން ، އެއަށް ލިބޭ ގެއްލުމަކަށް އަހަރެމެން ޒިންމާވާކަށް ނުޖެހޭނެ ، މަސައްކަތް ހިގަމުންދާއިރު ކައުންސިލުން ލިބެންޖެހޭ އެއްބާރުލުން އެއްގޮތަކަށްވެސް ނުލިބޭ” މިމަސައްކަތާއި ހަވާލްވެހުންނެވި ބޭފުޅާ ދެއްވާ ޖަވާބަކީ މިއެވެ

މީދޫ ބޮޑުމަގުގެ އުތުރުކޮޅުން މަގުހަދަން ޖެހޭ ސަރަހައްދު ހަދަމުން ދިޔައިރު ކޯގަންނު ގަބުރުސްތާނުގެ މިސްކިތްތަކަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލްވެސް މީގެ ގެ ގާތްގަޑަކަށް ދެމަސްކުރީން ވަނީ ހަލާކުވެގެން ގޮސްފައި، އޭގެ ސަބަބުން ކޯގަންނު މިސްކިތްތަކަށް އަދިވެސް ކަރަންޓް ނުލިބެއެވެ.  . އެވާހަކަ ދެއްކުމުންވެސް އެބޭފުޅާ ވިދާޅުވީ ” ކޭބަލް ހުރިކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ދީފައިނުވާކަމަށް ، ވީމާ ތިކަމާ އަހަރެމެން ޒިންމާވާކަށް ނުޖެހޭނެ ކަމަށެވެ. ”

އަދި މީގެ އިތުރަށް އެބޭފުޅާ އެހެން ވިދާޅުވިޔަސް އެސަހައްދުގެ މަގު ހަދަމުންދިޔައިރު އެސަރަހައްދުގައި ޖަހާފައިވާ ލައިޓްޕޯލްތަކަށް ކަރަންޓް ނިދުމަށާ މިސްކިތައް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލާއެކު މަގުކޮނެމުންދިޔައިރު ހަމަރަގަޅަށްވެސް ފެންނަން ހުއްޓެވެ. އެކަމަކު އެބޭފުޅުން މަގުކޮނެމުންދިޔައީ ކޭބަލްތަކާއެކުގައެވެ.

ތަފްސީލްhttps://www.facebook.com/photo.php?fbid=10157864038338937&set=pcb.10157864038373937&type=3&theater

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން އަމިއްލަފުޅަށް އެއްބަސްވި: ޑރ. ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ...

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް ޒިޔާރަތް ކުރައްވައިފި

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް  ޒިޔާރަތްކޮށް މީދޫގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މިނިސްޓަރ ...

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...