ކޮވިޑް ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ

ކޯވިޑް-19 ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ..

ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ މަރުވީ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 9:30 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 8 އަކަށް އަރާފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން 4 ދިވެއްސަކުވެސް  މަރުވެފައި އެވެ. އަދި ބަންގްލަދޭޝް މީހުންގެ ތެރެއިން މި ބަލީގައި ރާއްޖެއިން މަރުވި މީހުން އަދަދުވެސް މިހާރު މި ވަނީ 4 އަކަށް އަރާފައި އެވެ.

މި ބަލީގައި މަރުވި ހުރިހާ ދިވެހިންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި 1883 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 717 މީހުން ބަލިން ރަނގަޅުވެފައިވާއިރު އެބައްޔަށް ހޮސްޕިޓަލުގައި 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ހިތުގެ އަޑިން ޒުވާނުންގެ އަޑު” ހަމްދާ ކިޔާދިނީ ހިތްދަތި އެހެނަސް މިއަދުގެ ޒުވާނުންގެ ހާލަތު

މުޅި މީސްމީޑިއާ ގުގުމާލީ ދިވެހި ޒުވާނެއްގެ އަސަރުގަދަ ވާހަކަތަކާއެކުއެވެ. އެއީ “ދަ ޑިމޮކްރެޓްސް” އިން ޖުލައި 23 ވަނަ ...

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ...

އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފި

އައްޑޫ ސިޓީގެ ފޭދޫގައި 75 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފިނޭންސް ...