ކޯވިޑް-19 : އައްޑޫއާއި ފުވައްމުލަކުގެ 100 މީހަކު ހޯމް ކަރަންޓީނަށް މަދަމާ، 100 ފުރުވާލަނީ

ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 މީހަކު މަދަމާ ފުރުވާލުމަށް ހަމަޖެހިފައިވާކަމުގައި އެލްޖީއޭއިން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ 50 މީހަކާއި، ފުވައްމުލައް ސިޓީގެ 50 މީހެއްކަމަށެވެ. މީގެ ތެރެއިން އައްޑުއަށްދާ މީހުން މިއަދު ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަމަށާ، ފުވައްމުލަކަށްދާ މީހުން މާދަމާ ހެނދުނު ޓެސްޓްކުރަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަށްރަށަށް ދާންބޭނުންވެފައިވާ މީހުންގެ ތެރެއިން 42 މީހަކު ރޭވެސްވަނީ އައްޑުއަށް ފުރުވާލާފައެވެ. މާލެއިން ރަށްރަށަށް ދިއުމަށް ނޯޓްކުރި މީހުންގެ ތެރެއިން ހޯމް ކަރަންޓީނަށް ގެންދަންޖެހޭ 2369 މީހަކު ތިބިކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ރަށްރަށަށް ދާންބޭނުންވި މީހުންގެ ތެރެއިން 3061 މީހަކު ރިސޯޓް ކަރަންޓިން ފެސިލިޓީސްތަކަށް ގެންދެވި 628 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓްކޮށް ރަށްރަށަށް ގެންގޮސްފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން މާލެއިން، ފުރަބަންދުގައިވާ މީހުން ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީނުކުރާނެ އުސޫލެއް އެކުލަވާލައި މިހާރުވަނީ އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ބައެއް ކަންކަން މަތިކޮށްފައިވެއެވެ.

ހޯމް ކަރަންޓީނާ ގުޅިގެން އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައި ބުނެފައިވަނީ ރަށަށްގޮސް މީހަކު ކަރަންޓީނުވާ ގެއެއްގައި ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި މާބަނޑުމީހަކު އުޅެގެންނުވާނެ ކަމަށެވެ. މީގެއިތުރުން ތަފާތު އެކިބަލިތަކުގެ ތެރެއިން ނޭވާ ހިއްލުމާއި، ކިޑްނީގެ ބަލި ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ހީމޯގްލޯބިން ޑިސްއޯޑާރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި މީހަކު ހުރި ގެއަކަށް ވެގެން ނުވާނެއެވެ.

ރަށްރަށަށް ގޮސް ގޭގައި ކަަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. އަދި 24 ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުއެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ...

ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ. މީދޫ އިން ...

އެގްރޯނެޓުން 163 ދަނޑުވެރިއެއްގެ އުފެއްދުން ދަނީ މާކެޓްކުރަމުން: ރައީސް

“އެގްރޯނެޓް” ކުންފުނިން 163 ދަނޑުވެރިއެއްގެ އުފެއްދުން މާކެޓްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ...