މިއަދު ކޮވިޑް 19 އިން 111 މީހަކު ރަގަޅުވިއިރު ޕޮޒިޓިވް ވެފައިވަނީ 20 މީހުން

ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑް 19 އިން ރަނގަޅުވެ، އިތުރު  20 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

މިއަދު ކޮވިޑު 19 އިން ރަނގަޅުވި 111 މީހުންނާއެކު ޖުމްލަ 1،121 މީހަކު މިހާރުވަނީ ބަލިން ރަގަޅުވެފައެވެ. މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 20 މީހުން ޕޮޒިޓިވްވިއިރު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 1962 އަށް އަރާފައެވެ.  މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދިވެހިންގެ 16 މީހަކާއި، ބަންގްލަދޭޝްގެ 4 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދުވަނީ 553 އަށް އަރާފައެވެ. ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު އުޅެނީ 57.14 އިންސައްތައިގައެވެ. މި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު މިހާރު ކޮންމެ ދުވަހަކުވެސް އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދޭން ނިންމާ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އިޢުލާންކުރިތާ މާދަމާއަށް ދެހަފްތާ ހަމަވާނެއެވެ. ސަރުކާރުން ވަނީ ޕޮޒިޓިވްވާ ކޭސްތއް ދަށަށްދާނަމަ ދެވަނަ ފިޔަވަހީގެ ލުއިތައްވެސް ދޭނެކަމަށް ހާމަކުރައްވާފައެވެ. އެހެންކަމުން އިތުރަށްދޭ ލުއިތައް މާދަމާގެ ވަގުތެއްގައި އިޢުލާންކުރާނެކަމަށް ބެލެވެއެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ކޭހެއް ރެކޯޑްކުރެވިފައިވަނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރިފައިވާ ޙާލަތެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. ޕޮޒިޓިވް ކޭހެއް ރާއްޖޭގައި ފެނުނުތާ މިހާރު މިވަނީ 95 ދުވަސް ފާއިތުވެފައެވެ.

ކޮވިޑް 19 އަށް  ރާއްޖޭގައި މިހާރު ފަރުވާ ހޯދަމުންދަނީ 825 މީހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ހިމެނޭގޮތައް 11 ރަށަކުން ކޮވިޑްގެ އައުވޭރިއަންޓް އޮމިކްރޯން ފެނިއްޖެ – ޑރ އަފްޒަލް

އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް  އޮމިކްރޯން ...

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ. ޢަލީ ޚާލިދަކީ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ...