• Categories
  • Archives

އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ނިންމާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދީ މަތީ ތައުލީމްދޭ މަރުކަޒުތައް ހުޅުވުމަށް ތައްޔާރީީތައް ވަމުން ދާކަމަށެވެ. ނަމަވެސް ކިޔަވައިދޭ މަރުކަޒުތައް ހުޅުވިގެންދާނެ ސީދާ ތާރީހެއް އެކަމަނާ ބުނެފައެއް ނުވެއެެވެ.

އަންނަ މަސް ތެރޭގައި ސްކޫލުތައް ހުޅުވާލާނެ ކަމަށް އެންއީއޯސީން ހާމަކުރި އިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފެށުމަށް ސްކޫލުތަކަށް އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި  ސާކިއުލާގައި ބުނެފައިވާ ގޮތުން ސްކޫލުތަކުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.

އަދި  ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ 15 މިނިޓްކުރިން މުދައްރިސުން ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށާއި، އަދި ދަރުވަރުން ސުކޫލަށް ވަނުމުގެ ކުރިން ހުން ބަލެމަށް އެ ސާކިއުލާގައި ވަނީ އަންގާފައެވެ.

ސްކޫލުތައް ބަންދުކުރެވިފައި ވީނަމަވެސް ސަރުކާރާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގެންދަނީ ދަރިވަރުން ކިޔެވުން ހުއްޓުނަ ނުދިނުމަށްޓަކައި އެކި ވަގުތު ތަކަށް ބަހައިގެން ޓެލިކިލާސްތަކެއް ކުރިއަށް ގެންދަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އައިޖީއެމްއެޗްގެ މުވައްޒަފުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭންފެށިތާ 70 އަހަރުފުރުން ފާހަގަކުރުމަށް އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ...

ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ...

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...

އުރީދޫ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ!

ކޯވިޑް19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި ...

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރަށް

ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް ފަހު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ ...