ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

އެންއީއޯސީން މިކަން ހާމަކޮށްފައިވަނީ ރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި  ހާމަކޮށްފައިވާގޮތުން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެ އުޅެވޭނީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ.

އަދި ކަސްރަތު ކުރުމަށް ހުއްދަ ދެވޭނީ ހެނދުނު 6:00 އިން 9:00އާ ހަމައަށް ކަމަށެވެ. މީގެއިތުރުން ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ބޮޑު މީހަކާއި އެކުގައި ހަވީރު 16:00 އިން ފެށިގެން 18:00އާ ހަމައަށެވެ.

ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ އެވެ. އޭގެއިތުރުން ފިހާރަތަކާއި އޮފީސްތައް ވެސް ހުޅުވޭނެ އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9 ން ރޭގަނޑު 9އަކަށެެވެ. ނަމަވެސް ކެފޭ/ރެސްޓޯރެންޓްތަކަށް އަދިވެސް ދެވޭނީ ޑެލިވަރީ އަދި ޓޭކްއެވޭ ހިދުމަތް އެކަންޏެވެ. އެ ހިދުމަތް ދެވޭނީ ރޭގަނޑު 11 ޖެހުމާ ހަމައަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެންއީއޯސީން ހާމަކޮށްފައިވާގޮތުން  ހުއްދަ ނެތި ބޭރުގައި އުޅުމުގެ ހުއްދަ ދިން ނަމަވެސް ގިނަވެގެން އެއް އުޅެވޭނީ ތިން މީހުންނަށެވެ. އެއަށްވުރެ ގިނައިން އެއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.

އެންއީ އޯސީން ހާމަކޮށްފައިވާގޮތުން ހުކުރު ދުވަހުން ފެށގެން  ( 12 ޖޫން 2020 އިން ފެށިގެން )  ހުރިހާ ރީޓެއިލް ފިހާރަތަކެއް ހުޅުވުމުގެ ހުއްދަ ދެވޭނެއެވެ. ނަމަވެސް އެ ހުއްދަ ދެވޭނީ އިކޮނޮމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ހޯދައިގެންކަމަށްވެސް ބުނެފައިއެވެ. ނަމަވެސް ކެފޭ ރެސްޓޯރަންޓުތަކުން ދޭނީ ޓޭކް އަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތްތައް އެކަންޏެވެ.

ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 21:00 އަށެވެ. އެހެންނަމަވެސް ރޭގަނޑު 23:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ނުވަތަ ޓޭކްއަވޭގެ ހިދުމަތް ލިބޭނެ ކަމަށްވެސް އެންއީއޯސީން ހާމަކޮށްފައިވެއެވެ.

މި ހާލަތުގައި ދީފައިވާ ލުއިތައް

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން
  • އުމުރުން 60 އަހަރުން މަތީގެ މީހުން ހުއްދަ ލިބިގެން ގެއިން ބޭރަށް ނިކުތުން
  • މީހުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
  • މާލެއާއި ތިލަފުއްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުން އެ މަސައްކަތް ކުރުމަށް ދިއުމުގެ ހުއްދަ ދިނުން
  • ހުއްދަ ލިބިގެން ފިހާރަތަކާއި އޮފީސްތައް ހުޅުވުން
  • ހުއްދަ ލިބިގެން ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރުން
  • ބޭންކްގެ ހިދުމަތް އިތުރުކުރުން
  • ސިއްހީ ހިދުމަތާއި އާންމު ހިދުމަތްތައް އިތުުރުކުރުން

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގެ ސްވިމިންގ ޓްރެކާ އެކު ފެތުންތެރިންނަށް ބޮޑު ފަސޭހައެއް

ރަށްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ވަރަށްބޮޑު އެއްބާރުލުމާއެކު ކުޅިވަރާ ބެހޭ މިނިސްޓްރީން ސ. މީދޫގައި ...

ސްކޮޓްލެންޑް އަތުން އިންގްލެންޑަށް މޮޅެއް ނުވެވުނު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގަޑިން ރޭ ދަންވަރު ކުޅެވުނު މެޗުގައި ވަރުގަދަކަމަށް ބެލެވުނު އިންގުލޭންޑަށް އެ ޤައުމުގެ އަވަށްޓެރި ...

އައްޑޫގެ އަދަދު މައްޗަށް، އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...