ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރަށްތައް ބަންދުގައި ނުބޭއްވޭނެ: ޑރ. އަފްޒަލް

ކޮވިޑް-19 އަކީ ސީދާ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖޭގެ ރަށްތައް ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެވެ.

ދާދިފަހުން މާލެއިން ހޯމް ކަރަންޓީނަށް ރަށަށް ދިޔަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ  ރަށަށް ދިއުމަށްޓަކާ ކަރަންޓިން ފެސިލިޓީއެއްގައި ހުރި މީހެއްގެ ފަރާތުން ސާމްޕަލް ނަގައިގެން ޓެސްޓް ކުރުމުން އެމީހާވެސް  ކޮވިޑަށް  ޕޮޒިޓިވްވެ މާލެ ތެރޭގައި ބަލި އެކްސްޕޯޒްވެ، ރަށްތަކަށް ދާ މީހުންގެ ފަރާތުން އެ ރަށެއްގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގު” އިންކުރި  ސުވާލަކަށް ޖަވާބް ދެއްވަމުން  ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ބައްޔަކީ އެއްގޮތަކަށް ވެސް ރާއްޖޭގެ ރަށްތަކަށް ނުދާނެ ބައްޔެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި ބަލި ފެތުރިދާނެތީ، ނުވަތަ އެ ރަށަކަށް ބަލި ގޮސްދާނެތީ އެ ރަށަކަށް އާރާ ފޭބުން މަނާކޮށް ލޮކްޑައުންއެއްގައި ވެސް ނުބޭއްވޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ، ކޮވިޑު ބަލި މާލެއިން ފެނުމާއި ގުޅިގެން ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއްކޮށް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. ބައްޔަށް ސީދާ ބޭހެއް ނުވަތަ ވެކްސިނެއް ވެސް ހޯދިފައި ނުވާއިރު އެހާ ހިސާބަށް ދެވޭނެ ދުވަހެއް ވެސް ނޭނގެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ބޭހެއް އުފެއްދިއްޖެ ހާލަތެއްގައި ނުވަތަ ވެކްސިނެއް ވެސް ހޯދުމަށްފަހު ދެން ވެސް ކުރިޔަށް ގެންގޮސް ފުރިހަމަ ކުރަންޖެހޭ ޕްރޮސީޖާތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރަސްމީ ގޮތުން އެކަން އެނގުމުންނާއި، ބޭހާއި ވެކްސިންގެ ސައްހަކަން ކަށަވަރުވުމުން ނޫނީ ބައްޔަށް ޝިފާއެއް ނުވަތަ ކޮންޓްރޯލެއް ގެނެވުނީ ކަމަށް ނުބެލެވޭނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިއީ ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށާއި، އެހެން ކަމުން އެ ދުވަހެއް އަންނަދެން މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންއެއްގައި ނުބެއްވޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ތޮއްޖެހިފައިވާ މާލެ ތެރެއިން ބަލި އެއްކޮށް ނެތިގެން ދާނެ ދުވަހެއް ނޭނގޭ ކަމަށެވެ. އެހެން ކަމުން ދެން ދިރިއުޅުން ބައްޓަން ކުރަން ޖެހިފައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައްޗަށްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މަސްދަރު: ސަންގު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...

ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު، އެ ...