މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް  ގއ. މާމެންދޫއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެވެ.

މާމެންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދެމީހުންގެ  ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ. އަދި އެދެމީހުން ކޮވިޑަށް ޕޮޒިޓިވް  ވެފައިވާކަން އެނގިފައިވަނީ މިއަދު ހަވީރުއެވެ.

މިދެމީހުންނަކީ މާމެންދޫއިން ކޮވިޑް އަށް މިދިޔަ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހާއާއި އެއްގެއެއްގައި އުޅުނު ދެމީހުންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު އެރަށުން ޕޮޒިޓިވްވެފައިވާ މިދެމީހުން މާމެންދޫއަށް ދިޔައީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުންނެވެ. އެދެމީހުން ކޫއްޑޫމަގުން މާމެންދުއަށް ދަތުރުއެފްލައިޓުން އެމީހުންނާއެކު 40 މީހުން ދަތުރު ކުރިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މާމެންދޫއިން ފައްސިވެފައިވާ މިދެމީހުންނާއެކީ ދެން އެފްލައިޓުގައި ތިބީ ގެމަނަފުށްޓަށް ދަތުރުކުރި މީހުން ތަކެކެވެ.

މާމެންދޫއިން ފެނުނު ފުރަތަމަ ކޭސްއާއެކު އެންއީއޯސީން މީގެކުރިން ބުނެފައިވަނީ، މާމެންދޫ އަދި ގެމަނަފުށި މޮނިޓަރިންގެ ހާލަތަށްލުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި މިއަދު ވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުން

އައްޑޫސިޓީ ހިތަދޫ ކޯއްޓޭ ސަރަޙައްދަށް މޫދަށް އެރި އުޅެނިކޮށް އިއްޔެ ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ...

ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ...

ކޮވިޑް19 އަށް ފަރުވާ ހޯދަމުންދަނިކޮށް މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މާސޭގެ ކުރީގެ ރައީސް ޕަފޭ ޑިއުފް ...