ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް މުޅިރަށް މޮނީޓަރިންނަށް ނުލާނެ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ކަމަށް އެންއޯއީސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) އިން ބުނެފި އެވެ

ޑރ. އަހްމަދު ޝަހީދު “ސަން” އަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާރު އޮތް އުސޫލުގެ ދަށުން ގޭގައި ކަރަންޓީން ކުރުމަށްފަހު، އެގޭގައި ތިބޭ އިތުރު ބަޔަކަށް އެ ގެއިން ނުނިކުމެވޭނެ ކަމަށެވެ. އެެހެން ކަމުން ކަރަންޓީން ކުރާ އުސޫލަށް މީހުން ރަނގަޅަށް އަމަލު ކުރާނަމަ، ރަށު ތެރެއަށް އެބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

މާލޭއިން ފުރައިގެން މާމެންދޫއަށް ދިޔަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ އެއް ކޮޓަރިއެއްގައި ކަރަންޓިންވި އިތުރު ދެމީހަކުވެސް ވަނީ ވަނީ ފަހުންވަނީ ޕޮޒިޓިވެފަ އެވެ.

މާމޭންދޫ އިން ފެނުނު ކޭސްއާ ގުޅިގެން މިހާތަނަށް 13 މީހުން ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވި ވަނީ އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި ގއ. ގެމަނަފުށީގައި ކަރަންޓީން ކޮށްފައިވާ ތިބި ފަސް މީހުން ހިމެނެ އެވެ.

 އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ މީހުންނަކީ ރަށުގައި ކަރަންޓީންގައި ތިބި މީހުންކަމަށް ވުމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތައް ނުގެންނާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޭޕީ ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ސޯލިހަށް

ޖުމްހޫރީ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރިޔާޒް ރައީސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރިޔާޒު ރައީސް ...

ހުޅުމީދޫ ހިމެނޭގޮތައް ދިހަ ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރ ސެޓުތައް ފޮނުވައިފި

ހުޅުމީދޫ ހިމެނޭ ގޮތައް ރާއްޖޭގެ 10 ރަށެއްގެ  ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް 10 ރަށަކަށް ޖަނަރޭޓަރ ސެޓްތައް ފޮނުވައިފިއެވެ. ...

ޕެނަލްޓީގައި ޒެފިޔާ ބަލިކޮށް ސަންއޮފްލޮންސް ސެމީ އަށް

ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 2-0 އިން ...