އިގިރޭސިޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެވެ.

ލިވަޕޫލްއަށް ޗެމްޕިއަން ލިބުނީ ޗެލްސީ އާއި ވާދަކޮށް މެންޗެސްޓަރ ސިޓީ ބަލިވުމުންނެވެ.

ޗެލްސީއަތުން ޕޮއިންޓް ޓޭބަލްގެ ދެވަނާގައި އޮތް ސިޓީ ބަލިވުމުން ލިވަޕޫލަށް ޗެމްޕިއަންކަން ލިބުނީ ސިޓީ އަށް ބާކީ އޮތް ހަތް މެޗުން މޮޅުވިޔަސް ޕޮއިންޓްގެ ގޮތުން ލިވަޕޫލްއާއި އެއްވަރު ނުކުރެވޭނެތީއެވެ. ބާކީއޮތް ހަތް މެޗުން ސިޓީ މޮޅުވެއްޖެނަމަ ސިޓީއަށް ލިބޭނީ  84 ޕޮއިންޓެވެ.

މިހާތަނަށް ލިވަޕޫލަށް 31 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު  ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

2019/2020 ގެ ޕްރިމއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް މިލިބުނީ 30 އަހަރުގެ މެދު ކެނޑުމަކަށްފަހުގައެވެ. އަދި މިއީ ޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބުނު 19 ވަނަ ފަހަރެވެ. ލިވަޕޫލަށް އެންމެ ފަހުން ޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިބިފައިވަނީ  1989/1990 ގެ ސީޒަނުގައެވެ.

ބާކީ ހަތް މެޗު އޮއްވާ ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބުމާއެކު އެޓީމަށްވަނީ 7 މެޗް ބާކީ އޮވެގެން ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް ހެދުނު ޕްރިމިއާލީގު ފުރަތަމަޓީމްކަމުގައިވެފައެވެ.  . މީގެ ކުރިން  މިރެކޯޑް އޮތީ ފަސް މެޗު އޮއްވާ 2000/2001 ގައި ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑާއި 2017/2018 ގައި  ލީގު ކާމިޔާބުކުރި ސިޓީ އަތުގަ އެވެ.

ލިވަޕޫލަށް ބާކީ 7 މެޗް އޮތުމާއެކު މި ސީޒަނުގައި އަދިވެސް  ރެކޯޑްތަކެއް  ހެދުމުގެ ފުރުސަތު  ލިވަޕޫލަށް ތަނަވަސްވެފައިވެއެވެ.  . އެއީ އެންމެ ގިނަ މޮޅު ހޯދައިގެން ޗެމްޕިއަންކަން ހޯދުމާއި  އަމިއްލަ ދަނޑުގައި އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑާއި  ރަށުން ބޭރުގައި އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑްގެ އިތުރަށް  އަދި ޕޮއިންޓްގެ ގޮތުން އެންމެ ބޮޑު ތަފާތަކުން ލީގު ކާމިޔާބުކުރުމުގެ ރެކޯޑެވެ.

ޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބުނު ނަމަވެސް ކޮވިޑް 19 ގެ ސަބަބުން  އާއްމު ހާލަތު އެއްކޮށް ބަދަލުނުވާތީ، ލިވަޕޫލަށް ސަޕޯޓަރުންނާ އެކު ޗެމްޕިއަންކަން ލިބުމުގެ ކާމިޔާބީއާއި އުފާފާޅުކުރެވޭނެ ގޮތެއް ވަނީ ނުވެފައެވެ. އެހެންކަމުން ލިވަޕޫލަށް ތަށި  އުފުލަންޖެހޭނީ   ކުޅިބަލާ މީހުން  ދަނަޑަށް ނުވައްދާ، ފަޅު ދަނޑެއްގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް މުއިއްޒު ތާއިދުކުރައްވާ އެހެން ކެނޑިޑޭޓަކު މިދާއިރާގައި ނުހުންނާނެ- ފޮރިންގ މިނިސްޓަރ

އިޔާޒު ޖާދުﷲ ނަސީމަކީ ރައީސް މުއިއްޒާއި ޕީއެންސީ އަދި ސަރުކާރުން ތާއީދުކުރާ   ކެނޑިޑޭޓްކަމަށާ އެހެންކަމުން އިޔާޒު ނަސީމު ހޮވުމަށްޓަކައި ...

މިއީ ލިބުނު ކާމިޔާބީއެއް، ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓާނެ: ރައީސް

ރާއްޖޭގެ ދެކުނުން އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ކުރީގެ ރައީސުންނަށް އިނާޔަތް ދެނީ އެހެން ޤައުމުތަކާއި އޮންނަ ގުޅުން ކަނޑުވާކަށްނޫން: ރޮޒެއިނާ

ރާއްޖޭގައި ވެރިކަން ކޮށްފަތިބި ކުރީގެ ރައީސުންނަށް ސަރުކާރުން ދޭ އިނާޔަތްތަކަކ،ީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ ...