ފެނަކަ ކޯޕަރޭޝަން ލިމިޓެޑ (ފެނަކަ) އިންވެސް ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ކުޑަކޮށްފިއެވެ.

ކަން ހާމަކުރައްވައި ފެނަކައިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށްވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައި ކަމަށެވެ.

ފެނަކައިން މައުލޫމާތު ދޭގޮތުގައި ޖޫންމަހުގެ ބިލްތަކަށް މިހާރު ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ޖޫންމަހުގެ ބިލުގެ 40 ޕަސެންޓް އަށްވާ ފައިސާގެ އަދަދު އަންނަ ޖުލައިމަހުގެ ބިލްއިން އުނިކުރެވިގެން ދާނެ އެވެ.

ސަރުކާރުގެ މަޝްްވަރާއާ އެއްގޮތަށް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިންނާއި، ފެނަކައިންވެސް ޖޫން މަހުގެ ކަރަންޓް ބިލުން، 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރިލް އަދި މެއި މަހުވެސް ކަރަންޓް ބިލުން 40 އިންސައްތަ ކަނޑާދީފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ...

މިއީ ރާއްޖެދެކޭ އެންމެ ޑިމޮކްރެޓިކް އިންތިހާބު: ރައީސް

މިއީ މިހާތަނަށް ރާއްޖެ ދެކޭ އެންމެ ޑިމޮކްރަޓިކް އެއް އިންތިހާބަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ...

ގެއްލުނު ދެކުދިން އަދިވެސް ނުފެނޭ- ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށމޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ...