64 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 11 މީހަކު ބަލިން ރަގަޅު ވެއްޖެ

10 ޖުލައި 2020 ވީ ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް 64 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއީ ރާއްޖޭގައި ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

ޖުލައި 10 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ  އަދަދު ވަނީ 2,617 އަށް އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 947 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 64 މީހުން ކަމަށެވެ. އެއީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕަލް މީހެކެވެ.

ޖުލައި 10 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް ބަލިން ރަނގަޅުވީ 11 މީހުންނެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ރަނގަޅުވީ މީހުންގެ އަދަދަކީ 2،238 މީހުންނެވެ. ރާއްޖެއިން ކޮވިޑް 19 އަށް  މިވަގުތު ފަރުވާދެމުންދަނީ   361 މީހުންނަށެވެ.

ކޮވިޑަށް ރާއްޖެއިން  59،981 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް ރާއްޖއިން މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގައި ސިމެންތި ފަށަލަ އަޅާ ނިމިއްޖެ

އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގެ ސީޓީބީގެ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ...

ކޯވިޑް-19 : އެންމެފަހުން ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިން ނުޖަހާ – ޑރ. ޝަހީދު

ކޮވިޑް-19 ޖެހިގެން މިދިޔަ 3 ދުވަހުގެތެރޭގައި ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ...

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...