34 ވަނަ ފަހަރަށް ސްޕެނިޝްލީގުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ.

ރެއާލްމެޑްރިޑް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދީ ރޭ ވިލަރެއާލްއާއި ބައްދަލުކޮށް ކުޅުނުމެޗުން މޮޅުވެ 37 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ.

މިއީ ފާއިތުވެދިޔަ 8 އަހަރު ތެރޭ ރެއާލްމެޑްރިޑުން ސްޕެނިޝް ލީގު ހޯދި 3 ވަނަ ފަހަރެވެ. މީގެ ތެރެއިން  ތެރެއިން 2 ފަހަރު ރެއާލަށް ލީގު ޗެމްޕިއަންކަން ލިބިފައިވަނީ  ޒިދާންގެ ކޯޗުކަމުގަ އެވެ.

ކޮވިޑް-19ގެ ސަބަބުން ސްޕެނިޝް ލީގު މެދު ކަނޑާލިއިރު ރެއާލްމެޑްރިޑަށްވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެން ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާއަށް  ލީގުގެ ކުޅުން އަލުން ފެށި ފަހުން ރަގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ލީގު އަލުން ފެށުނު ފަހުން ރެއާލްކުޅުނު  10 މެޗްވެސްވަނީ ކާމިޔާބުކޮށްފައެވެ.

ރެއާލްމެޑްރިޑަށް  އެންމެ ފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ  2016/2017 ގެ ސީޒަނުގަ އެވެ. އެ ސީޒަނުގައިވެސް ރެއާލްއަށް ޗެމްޕިއަންކަން ހޯދައިދީފައިވަނީ ޒިދާންގެ ކޯޗްކަމުގެ ދަށުގައެވެ.

2019/2020  ގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަންކަން ރެއާލްމެޑްރިޑް ހޯދުން 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯގެ ދެގޯލާއެކު ރެއާލްއަށް ފަސޭހަ މޮޅެއް

މިރޭ ސްޕެނިޝް ލީގުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު 4 ލަނޑު 0 ލަނޑުން ރެއާލް މެޑްރިޑުން ...

މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ކަނޑައަޅައިފިއެވެ. ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ...

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގޭނީ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފުރިހަމައަށް ހިންގޭނީ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. އައްޑޫ ސިޓީ ...