މީދޫ ޒުވާނުންގެ ” ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި

މީދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ހަވީރު ފަށައިފި އެވެ

މީދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ހުކުރު ދުވަހުގެ ހަވީރު ބައްދަލުކޮށްފައި ވަނީ ބްލެކް ހޯކްސް އާއި ކްލަސްޓާ އެފްސީ އެވެ.   މިމެޗް  ކްލަސްޓާ އެފްސީ  ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދާފައިވަނީ ބްލެކް ހޯކްސްއެވެ. ބްލެކް ހޯކްސް އިން ކާމިޔާބުކުރި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއައްޔުއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން ކްލަސްޓާ އެފްސީން ވަނީ 3 ލަނޑު ޖަހާ މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ބްލެކް ހޯކްސްގެ ކުޅުންތެރީންނަށްވުރެ  މީދޫގެ ފުޓްބޯޅައިގެ ފުންނާބުއުސް ބައެއް ކުޅުންތެރީން ގިނައިން ހިމެނޭ ކްލަސްޓާ އެފްސީން މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ނިމުމުގެ ކުރީން  އިތުރު 2 ލަނޑު ކާމިޔާބުކޮށް މިމެޗްގައި އެޓީމުން ޖެހި ލަނޑުގެ އަދަދުވަނީ 5 އަށް ބަދަލުކޮށްފައެވެ.

ކްލަސްޓާ އެފްސީން މިމެޗްގައި ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން ޕެލޭ 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސްމިތު ، ނަޒާން އަދި ނަޒީރުއެވެ.

ބްލެކް ހޯކްސް އަށް މިމެޗްގައި ކާމިޔާބު ކުރެވުނު ދެވަނަ ލަނޑަކީ އެޓީމުގެ ލުއައްޔު ކޯނަރަކުން ފޮނުވާލި ބޯޅައެއް ކްލަސްޓާ އެފްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް އޮގަނައިޒިންގ ކޮމިޓީން ހޮވާފައިވަނީ  ކްލަސްޓާ އެފްސީއަށް މިމެޗްގައި 2 ލަނޑު ކާމިޔާބުކޮށްދިން ޕެލޭއެވެ.

އިއްޔެގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ  މީދޫ ކައުންސިލަރު ހިޔާޒު ހަސަންއެވެ. .

7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް ބީ ގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރާނީ އެފްސީ އަމީގޯސް އާއި އެތުލެޓިކް އެފްސީއެވެ.

މާދަމާ ގްރޫޕް އޭގައި ބައްދަލު ކުރާނީ އެފްސީ ބަސްޕާކް އާއި ބްލެކް ހޯކްސްއެވެ.

މީދޫ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 17 ން 31 ށެވެ.

ފޮޓޯތައް: އޭއޯނިއުސް

 

 


 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްލަބް ލޮތަރި ސްޓްރީޓްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

” ކްލަބް ލޮތަރި ސްޓްރީޓްކަޕް 2021 ” ގެ ނަމުގައި ކްލަބް ލޮތަރިން އިންތިޒާމްކޮށްގެން މީދޫގައި ބޭއްވުމަށް ހަމަޖައްސާފައިވާ ...

ފެންބިލު މައާފު ކުރުމުގެ އިތުރު ޕްރޮގްރާމެއް ފެން ކުންފުނިން ފަށައިފި

ފެންކުންފުނީގެ ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެކުންފުނީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ...

ރައީސްގެ އިލްތިމާސްއެއް ސަރުކާރު މުވައްޒަފުންނަށް: ވެކްސިން ފުރިހަމަކުރޭ!

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ރައީސް ...