• Categories
  • Archives

ޝުކުރީ ކަރަންޓީނުވުމަށް ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިޔާއަކަށް ފޮށިތައް އަރުވައިގެން

މާލޭގައި ތިބެފައި ކަރަންޓީނު ވުމަށްދާ ރަށަށް ދިއުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާތީ މިއަދު މާލެން ހުޅުދުއަށް ވަޑައިގެންނެވި އައްޑޫސިޓީ ކައުންސިލްގެ ހުޅުދޫދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ ހުޅުދުއަށް ވަޑައިގަތުމަށްފަހު ހުޅުދޫ ބަނދަރުން ފޮށިތައް ހިފައިގެން ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިއާކަށް ފޮށިތައް އަރުވައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތައް ޝުކުރީ ގެއަށް ވަޑައިގެންނެވީ ކާރު އަދި ޕިކަޕް ދުއްވާ އެއްވެސް ފަރާތަކުން މާލޭގައި ތިބެފައި ކަރަންޓީނަށް އަންނަ އެއްވެސް މީހަކު ކާރަށް ނުވަތަ ޕިކަޕަށް އަރުވައިގެން ދަތުރުކޮށްނުދޭތީއެވެ.

ރަށްރަށުގައި ގޭގައި ކަރަންޓީނުވާން މާލެން އަންނަ  ފަރާތްތައް މީގެކުރީން ރަށަށް އައުމުން އެރަށެއްގައި ގާއިމްކޮށްފައިވާ އެސްއެސްޑީ ގްރޫޕްގެ ބެލުމުގެ ދަށުން ސިއްހީމަރުކަޒުގެ އެމްބިއުލެންސުގައި އެމީހަކު ކަރަންޓީން ވުމަށް ހަމަޖެފައިވާ ގެއަކާ ހަމައަށް ގެންގޮސް ދެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެންތިބޭ އެރަށެއްގެ ސިއްހީމަރުކަޒުގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

އެޗްޕީއޭއިން މިހާރު ހަމަޖައްސާފައި އޮންނަގޮތުން ރަށްރަށުގައި ގޭގައި ކަރަންޓީނުވާ ފަރާތް “ހާލު ބެލުން” ޕޯޓަލްގައި އަމިއްލަ އަށް ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީންވުމަށް އެދެން ޖެހެއެވެ. ކަރަންޓީން ވާނީ އެމީހަކު އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށް އެޗްޕީއޭއިން ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖައްސި އުސޫލުގައިވެއެވެ.

ހާލުބެލުން  ޕޯޓަލް މެދުވެރިކޮށް ކަރަންޓީން ވުމަށް އެދުމުން އެކި މަރުހަލާތަކުގައި ޕޯޓަލް އިން އެ މައުލޫމާތު ބެލޭނެ ކަމަށްވެސް ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖެއްސި އުސޫލުގައިވެއެވެ. ކަރަންޓީނުވުމަށް ދާ ރަށަށް ދަތުރު ހަމަޖައްސާނީ އަމިއްލަ އަށް ކަމަށާއި ކަރަންޓީނުގެ މުއްދަތު ފެށޭނީ ރަށަށް ދަތުރުކުރާ ތާރީހުން ފެށިގެން ކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުގައި “ހާލު ބެލުން” ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަންޖެހެއެވެ. އަދި ބޭސްފަރުވާ ކުރަމުންދާ އެހެން ބައްޔެއް ނުވަތަ ސިއްހީ އެހެން މައްސަލައެއް އުޅޭ ކަމަށްވާ ނަމަ އެކަމެއްވެސް ރިޕޯޓު ކުރަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކުރީގެ ނޫޓެއް އޮތްނަމަ އަވަހަށް ބަދަލުކުރަން އުޅޭ !

ދިވެހި ފައިސާގެ ގޮތުގައި ކުރިން ގެންގުޅުނު ނޫޓުތައް މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ...

ގެއްލުނު ދެކުދިން އަދިވެސް ނުފެނޭ- ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށމޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ...

ކޮވިޑް-19: އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް 19 ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ...

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފި – ރައީސް ނަޝީދު

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަދި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ...

މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ ...