ޔޫތުޗެލެންޖެ 2020- ގުސީއާއި ރައްޔުގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން އެފްސީ އަމީގޯ މޮޅުވެއްޖެ

ގުސީއާއި ރައްޔުގެ ހެޓްރިކާއެކު މީދޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅެވުނު މެޗްގައި ވަރުގަދަ ވާނެކަމަށް ބެލެވުނު އެތުލެޓިކް އެފްސީ ކޮޅަށް 12 ލަނޑު ޖަހާ ބޮޑު ތަފާތަކުން އެފްސީ އަމީގޯ މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކުޅެވުނު މިމެޗްގައި މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކޯޗް ކަމުގެ ދަށުގައި ކުޅުނު އެތުލެޓިކް އެފްސީގެ ފުލްޓީމުގައި ހިމެނޭ ބައެއް ކުޅުންތެރީން މެޗް ފެށުނިއިރުވެސް ދަނޑަށް ހާޒިރުވެފައިނުވާތީ އެޓީމުން މެޗް ފަށާފައިވަނީ ބަދަލުކުޅުންތެރީންގެ ތެރޭގައި ހިމެނޭ 2 ކުޅުންތެރިއަކު ހިމަނައިގެންނެވެ. އޭގެތެރޭގައި އެޓީމްގެ ގޯލްކީޕަރާއި ޑިފެންސަށް ކުޅެންޖެހޭ ކުޅުންތެރިއަކުވެސް ހިމެނެއެވެ.

މެޗް ފެށުނުފަހުން ދަނޑަށް ހާޒިރުވި އެތުލެޓިކް އެފްސީގެ ދެކުޅުންތެރީން

މިދެ ކުޅުންތެރީން ދަނޑަށް ހާޒިރުވެ މެޗްގައި ބައިވެރިވެވުނުއިރު މެޗްފަށައިގެންގޮސް އެފްސީ އަމީގޯ އިންވަނީ 3 ލަނޑު ޖަހާފައެވެ.

އެތުލެޓިކް އެފްސީގެ  ދެކުޅުންތެރީން ދަނޑަށް ހާޒިރުވެ ޓީމާ ގުޅުނުކަމުގައިވިޔަސް އެޓީމުގެ ކުޅުން އެއްވެސް ވަރަކަށް ރަގަޅުވެން ދިޔަތަން ނުފެނި ، ފެނިގޮސްގެންގޮސްފައިވަނީ ފުލުފުލުގައި  އެފްސީ އަމީގޯ އިން ލަނޑުތައް ޖަހަން ޖަހަމުންދިޔަތަނެވެ.  މިގޮތުން ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު އެޓީމުންވަނީ  7 ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފް ގައި އެތުލެޓިކް އެފްސީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އިއްޔެގެ މެޗްގައި ހެޓްރިކްހެދި ރައްޔުއާއި ގުސައްޔު

ދެވަނަ ހާފްގެ ކުޅުމުގައި އަމީގޯއިން އިތުރު 5 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެތުލެޓިކް އެފްސީއަށް ކާމިޔާބުކުރެވުނީ 3 ލަނޑެވެ.

މިމެޗް ނިމިގެން ގޮސްފައިވަނީ 12 ލަނޑު 4 ލަނޑުން އަމީގޯ މޮޅުވެގެންނެވެ. މިމެޗްގައި އަމީގޯއިން ކާމިޔާބުކޮށްފައިވާ 12 ލަނޑުގެ ތެރެއިން ރައްޔުއާއި ގުސައްޔު 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައިވާއިރު އެޓީމުން ދެން ކާމިޔާބުކޮށްފައިވާ ލަނޑު ތަކުގެ ތެރެއިން ލެވިޗް 1 ލަނޑު ، ހަސަން 2 ލަނޑު ، މުޖާ 1 ލަނޑު އަދި ޑިވް ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެތުލެޓިކް އެފްސީން ކާމިޔާބު ކޮށްފައިވާ 4 ލަނޑުގެ ތެރެއިން ދެ ލަނޑު ސަހާފް ކާމިޔާބުކޮށްދީފައިވާއިރު އެޓިމްގެ އަނެއް  ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަލިދީދީއާއި އައްސަދެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވާފައިވަނީ މިމެޗްގައި ހެޓްރިކް ހެދި ދެކުޅުންތެރިންގެ ތެރެއިން  އަމީގޯގެ ގުސައްޔުއެވެ.

ފޮޓޯ: ލުބުނާ މަޖީދު މުޚްތާރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...

ޕޮޒިޓިވްވާ ދިވެހިންގެ ތެރޭގައި ހައިރިސްކް މީހުންނާ ގިނަ ކުޑަކުދިން، ވިސްނާކަށް ނުވޭތަ؟

އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 7 ކުއްޖަކާއި 50 އަހަރުން މަތީގައި 21 ...