އިންޑިއާގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ހަމަޖެހުމާގުޅިގެން  އެރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އާންމުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު މީސްމީޑީޔާގައި އާންމުކުރި ލިސްޓްގައި އައުޓް ޑޯ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ 61 ރަށުގެ ތެރޭގައި އައްޑޫސިޓީގެ ތިން ރަށެއްވެސް ހިމެނިފައިވާއިރު އޭގެތެރޭގައި މީދޫވެސް ހިމެނެއެވެ.  މީދޫގެ އިތުރަށް އައްޑޫސިޓީން އެލިސްޓްގައި ހިމެނެނީ މަރަދޫއާއި ހިތަދޫއެވެ.

މިނިސްޓަރ މަހުލޫފު އާންމުކުރެއްވި ލިސްޓްގައި ވާގޮތުން އެންމެ ގިނަ ރަށްތައް ހިމެނެނީ ރ އަތޮޅުގައެވެ. އެގޮތުން އެލިސްޓްގައި ރ. އަތޮޅުގެ މަޑުއްވަރު، މީދޫ، އުނގޫފާރު، ރަސްގެތީމު، ހުޅުދުއްފާރު، އިނގުރައިދޫ، އިންނަމާދޫ، ފައިނު ހިމެނެއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި މިމަހުގެ 14 ވަނަ ދުވަހު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމު ކުރާ ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ. އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކު ތަރައްޤީ ކުރަން ނިންމާފައިވާ މި ޖިމްތަކަށް ބޭނުން ވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

މި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީ އަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސާފަ އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް19 – ކުޅުދުއްފުށި: އޭޕްރީލް 1 ގެ ފަހުން ދަތުރުކޮށްފައިވާ މީހުން ނުކުމެ އުޅުން މަނާކޮށްފި

ކުޅުދުއްފުއްޓަށް އޭފްރީލް 1 ވަނަ ދުވަހުންގެ ފަހުން ދަތުރުކޮށްފައިވާ މީހުން އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން ...

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 15 އޮކްޓޯބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ސަލަފުން މިރަމަޟާންމަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުގައިވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ...