ޔޫތުޗެލެންޖް ކަޕް 2020- ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ކްލަސްޓާ އެފްސީ ސެމީފައިނަލަށް

” ޔޫތުޗެލެންޖް ކަޕް 2020 ” ގައި މިއަދު ހަވީރު ކުޅެވުނު މެޗް ކްލަސްޓާ އެފްސީ ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި އެޓީމް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި  މިއަދު ހަވީރު ކުޅެވުނު މިމެޗް ކްލަސްޓާ އެފްސީ ކާމިޔާބުކޮށްފައިވަނީ  އެފްސީ ބަސްޕާކާ ބައްދަލުކޮށް 5 ލަނޑު 2 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ކްލަސްޓާ އެފްސީއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝާފިޒް ( ލޮޓޯ ) އެވެ. ކްލަސްޓާއިން  މިލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައިވަނިކޮށް އެފްސީ ބަސްޕާކުގެ އިމުރާންވަނީ ލަނޑެއް ޖަހާމެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އެޓީމުންވަނީ މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރީން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވެއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނައުފަލެވެ.

ފުރަތަމަ ހާފް ނިމުނުއިރު 2 ލަނޑު 1 ލަނޑުން ބަލިވެފައި އޮތުމުން ދެވަނަ ހާފްގެ ކުޅުން  ކްލަސްޓާއިން ފަށާފައިވަނީ ވަރަށްބޮޑުތަން ރަގަޅުކޮށްގެންނެވެ. މިގޮތުން  ދެވަނަ ހާފްގެ ކުޅުން ފަށައިގެން އެފްސީ ބަސްޕާކްގެ  ގޯލަށް ކްލަސްޓާގެ ކުޅުންތެރީން ގޮސްފައިވަނީ ނުރައްކާ ބޮޑުކުރަމުންނެވެ.

ކްލަސްޓާގެ ކުޅުންތެރީން ބަސްޕާކްގެ ގޯލަށް ފޮނުވަމުންދިޔަ ބައެއް ބޯޅަތައް އެޓީމުގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއުކޮށްފައިވީނަމަވެސް  ލޮޓޯ ތަނަވަސްކޮށްދިން ބޯޅައަކުން  ކްލަސްޓާގެ ސާމިތުވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.  އަދި  އޭގެ އިރުކޮޅެއްފަހުން އެޓީމުގެ 3 ވަނަ ގޯލް ކާމިޔާބުކޮށް އިންމަނާ ވަނީ ދެވަނަފަހަރަށް މެޗްގެ ލީޑު ކްލަސްޓާއަށް ހޯދަދީފައެވެ. މިމެޗްގައި ކްލަސްޓާއިން ކާމިޔާބުކުރި 4 ވަނަ ލަނޑަކީ އެޓީމުގެ ޒުވާން  ކުޅުންތެރިޔާ ބާސްޕާކްޓީމުގެ މެދަކާ ހިސާބުން ވަރަށް ބާރަށް ފޮނުވާލި ބޯޅައެއް ބަސްޕާކްޓީމުގެ ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އަދި އެޓީމުގެ 4 ވަނަ ލަނޑަކީ މިމުބާރާތުގައި މިހާތަނަށް ޖަހާފައިވާ އެންމެ ރީތި ލަނޑެވެ. މިލަނޑަކީ  އެޓީމުގެ ރަމްޒީ ޑައިވްކޮށް ބޮލުން ޖަހާ ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިމެޗުން ކްލަސްޓާ މޮޅުވުމުން 3 ޓީމް ހިމެނޭ ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި 6 ޕޮއިންޓް ލިބިގެން އެޓީމު ސެމީފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން 2 ވަނަޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ މިއަދުގެ މެޗުން ދެރަވި އެފްސީ ބަސްޕާކެވެ. ބަސްޕާކް ސެމީފައިނަލަށް ހޮވިފައިވަނީ 3 ޕޮއިންޓް ލިބިގެންނެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ލުބުނާ މަޖީދު މުޚްތާރު

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސާލިޙް މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ...

ކޯވިޑް މެނޭޖް ކުރުމަށް ސަރުކާރުން ކުރާމަސައްކަތުން ރަގަޅު ނަތީޖާއެއް ފެނިގެންދާނެ- އިލްޔާސް ލަބީބު

ކޯވިޑުގެ ނުރައްކާތެރި ހާލަތުން އަރައި ގަތުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުން، މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ...

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލެ ގަލޮޅު ގެއަކުން ކުނި ...