ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މިންވަރަށް އިތުރުވަމުންދާނަމަ، މިމަހުގެ މެދުތެރޭގައި ސްކޫލުތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައި އޮތް ނިންމުންވެސް ތަންފީޒުކުރެވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

ކޯވިޑް-19ގެ ނުރައްކާތެރިކަން ކޮންމެވެސް މިންވަރަކަށް ކުޑަވުމުން 3 މަސްދުވަހަށްފަހު ސްކޫލްތައް އެންމެފަހުން ހުޅުވާފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ހުޅުވާފައިވަނީ މޮނިޓަރިންގްގައި ނެތް ރަށްތަކުގެ ސްކޫލްތަކާއި މާލޭ ސްކޫލްތަކުގެ ގްރޭޑް 9އިން 12އާ ދެމެދުގެ ގްރޭޑްތަކެވެ. އަދި ބަލީގެ ކޭސްތައް މަދުވީ މިންވަރަށް ބަލާފައި އޮގްސްޓް މަހުގެ 16ވަނަ ދުވަހު ގްރޭޑް 8 އައި7 ގެ ކިޔެވުން މާލެ ސަރަޙައްދުގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ތައްޔާރުވެފައެވެ. އެހެންނަމަވެސް އޭގެފަހުން މިވަނީ ކޯވިޑް-19ގެ ކޭސްތައް ފެނުން އިތުރުވެ ނުރައްކާތެރިކަން ބޮޑުވެފައެވެ.

“ފިޔަވަޅުތަކަށް ބޯނުލަނބައި މިހާރު ދާގޮތަށް ކޭސް މިމަހުގެ 15އާ ހަމައަށް އިތުރުވާނަމަ ސްކޫލްތަކެއް ނުހުޅުވޭނެ. އަދި މިކަމަށް ސީދާ އެއްޗެއް ދަންނަވަން އަވަސް. ނަމަވެސް މިވަރަށް ގިނަވާނަމަ ނުހުޅުވާނަން. ” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ކުރިއަށްއޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތް ނިންމަނީ ކޮންމެ ހަފްތާއެއްގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހުކަމަށެވެ. އަދި ކޭސްތައް އިތުރުވަމުންދާތީ ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ދެން ގެންދަންވީ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުންދާކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިހާތަނަށް ސްކޫލް މާޙައުލު ފާހަގަވީ ދަރިވަރުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު ކިޔަވައިދެމުންދާ މާޙައުލެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ފެނުނު ކޭސްތަކުގެ ޢަދަދު ވަރަށްބޮޑަށް މަދުކަމާއި ކޮންޓެކްޓުންވެސް ވަރަށް ބޮޑަށް މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްކޫލްތައް ހުޅުވާފައިވަނީ އެކަމަށް ޚާއްސަ ގައިޑްލައިންތަކަކާއެކުއެވެ. އެގޮތުން ގައިދުރުކަން އިތުރުމާއި، ކޮންމެ ދުވަހަކު ކުދިންގެ ސިއްޙީ ޙާލަތު މޮނިޓަރކުރުންފަދަ ކަންކަން ހިމެނެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 13 މީހަކު ރަގަޅުވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 104އަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލިން ...

ހުޅުދޫ ސައީދަށް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމް ދެއްވައިފި

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ދާދީފަހުން މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާގެ އެގްޒެކެޓިވް ޑިރެކްޓަރގެ ...

ސަރުކާރު ބަންދު ހަފްތާގައި ފެނަކައިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކުރިއަށް މިއޮތް ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމަށް ކަނޑައެޅުމުން ފެނަކަ ހުޅުމީދޫ ބުރާންޗުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. ...