• Categories
  • Archives

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު އަތޮޅުގެ ތެރޭގައި ކޮވިޑް-19 މިހާރުވަނީ ފެތުރެން ފަށާފައެވެ.  ހޯމް ކަރަންޓީނު ކުރެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އުސޫލު ބަދަލުކޮށް އަތޮޅުތެރެއަށް މީހުން ފޮނުވަން ފެށިފަހުން  ހޯމް ކަރަންޓީނަށް އަންނަ ބައެއް މީހުންގެ ފަރާތުން ކޮވިޑް މިހާރުދަނީ   ފެންނަމުންނެވެ.

މާލޭގައި ބަލި ފެތުރިފައި އޮތްވާ މާލެން ރަށްތަކަށް މީހުން މިހާރު އަންނަމުންދާ ގޮތް އެއްގޮތަކަށްވެސް ކަމުނުދާކަމަށާ މިގޮތައް ރަށްތަކަށް މީހުން  ފޮނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާ މީހުންދަނީ ބުނަމުންނެވެ.  ރަށްތަކަށް މީހުން ފޮނުވުން ކޮވިޑާއިގުޅިގެން  ކުރީންވެސް އޮތްގޮތައް އުސޫލު ބަދަލުކޮށް ކަރަންޓީނުކުރެވޭނެ އުސޫލުތައް  އެކަށީގެންވާ އިތުބާރުހުރި ނިޒާމެއް ދަށުން ގާއިމުކޮށް ތަންފީޒުކުރަން ޖެހޭ ކަމަށްވެސް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާ މީހުން ދަނީ ބުނަމުންނެވެ.

މިދެންނެވި ގޮތައް އަތޮޅުތެރޭގެ ރަށްރަށުގެ މީހުންގެ ކަންބޮޑުވުންތައް ހުރިއިރު އައްޑޫސިޓީ ކައުންސިލް ހުޅުދޫ ދާއިރާގެ މެމްބަރު އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ  އެޗްޕީއޭގެ ސިޔާސަތުގެ ދޯދިޔާކަމުން ގައުމު މިދަނީ ބިރުވެރި ނާމާން ދިމާއަކަށް ކަމަށާ ރަށުގައި ކަރަންޓީނުކުރަނީ ނަމެއްގައި ކަމަށާ ގަވާއިދު ހިފަހައްޓާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާމީހާއަށް ކަރަންޓީނަކީ ލިބޭ އަދަބަކަށް ވެފައިވާކަމަށް ޝުކުރީގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

” ރަށުގައި ކަރަންޓީނު ކުރަނީ ނަމެއްގައި . ގަވާއިދު ހިފަހައްޓާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާމީހާއަށް ކަރަންޓީނަކީ ލިބޭ އަދަބަކަށް ވެފެއި މިއޮތީ ، އެޗްޕީއޭގެ ސިޔާސަތުގެ ދޯދިޔާކަމުން ގައުމު މިދަނީ ބިރުވެރި ނާމާން ދިމާއަކަށް ، ބަލިޖެހޭ މީހުންގެ 50 އިންސައްތައް މީހުން މަރުވާނެކަމަށް ސިއްހީމާހިރުން ބުނުމަކީ ކަންބޮޑުވާކަމެއް .” ޝުކުރީގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

ވަރަށްބޮޑަށް ބަލިފެތުރިފައިވާ މާލެން އަތޮޅުތެރޭގެ ރަށްރަށަށް މީހުންއަންނަ ގޮތުން އަތޮޅުތެރޭގެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.  އެހެންވެއްޖެނަމަ އަތޮޅު ތެރޭގައި އުޅެމުންދާ އުމުރުން ދުވަސްވީ މީހުންނަށާ އެހެނިހެން މީހުންނަށް ބަލިޖެހި މިބަލީގައި މީހުން މަރުވާ ނިސްބަތް އިތުރުވުމަކީ އެކަށީގެންވާކަމެކެވެ.

މިހާރު މާލެއިން ރަށްރަށަށް މީހުން ފޮނުވަނީ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރެއިން ކަމަށްވާތީ އެތަކެއް ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.  އެހެންކަމަށްވާއިރު ބަލިޖެހިފައި ހުންނަ މިހާ ގިނަ ބަޔަކާ ބައްދަލުވެ، ގިނަ ރަށްތަކަށް ބަލިފެތުރިދާނެ ކަމުގެ ފުރުސަތު ބޮޑެވެ.

ކޮވިޑާ އެކު އުޅެން ދަސްކޮށް އެއާއެކު އުޅެންޖެހޭނެކަމަށް ބުނެ ބަލިފެތުރިފައިވާ މާލެން އެއްވެސް ހަރުދަނާ އުސޫލެއްނެތި އާއްމު ދަތުރު ފަތުރުގެ ތެރެއިން  މީހުން ފޮނުވަމުންދިއުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއްކަމުގައި ދެންނެވޭކަށް ނެތެވެ.  އަތޮޅު ތެރޭގައި އުޅެމުންދާ މީހުން އެދެނީ ކަމާބެހޭ ފަރާތްތަކުން  ވަރަށްބޮޑަށް ބަލިފެތުރިފައިވާ މާލެންކަރަންޓީންނަށް މީހުން ފޮނުވާ އުސޫލު ބަދަލުކޮށް   ހަރުދަނާކުރުމަށެވެ. އެހެން ނޫނީ އަތޮޅު ތެރޭގެ ރަށްރަށުގައި އުޅެމުންދާ މީހުން އުޅެން ޖެހޭނީ ބިރުވެރިކަމެއްގައި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް ...

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

ރައީސް ޔާމީން، ޑރ.މަޖީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއަށް ...

މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ...

ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބ. އަތޮޅުގައި ...