ޗެމްޕިއަންސް ލީގުގެ  ގަދަ 16 ގެ ދެވަނަ ލެގްގައި  ރޭ ކުޅުނު މެޗުތަކުން ރިއާލް މެޑްރިޑާއި ޔުވެންޓަސް ބަލިވެ ޗެމްޕިއަންސް ލީގުން ކަޓައިފިއެވެ.

ސްޕެއިންގެ ޗެމްޕިއަން ރެއަލްމެޑްރިޑް ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ  ޗެމްޕިއަންސް ލީގުގެ ގަދަ 16 ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗްގައި  2 ލަނޑު 1 ލަނޑުން މެންޗެސްޓަރ ސިޓީއަތުން ބަލިވެފައިވަނިކޮށް  ސިޓީގެ ދަނޑުގައި ރޭ ކުޅެވުނު ދެވަނަ ލެގުގެ މެޗުންވެސް ހަމަ އެ ނަތީޖާއިން  ބަލިވުމުންނެވެ.

ރޭގެ މެޗުގެ ނުވަނަ މިނެޓުގައި ސިޓީގެ ރަހީމް ސްޓާލިންގ ލަނޑެއް ޖަހާ ސިޓީއަށް ލީޑު ނަގާ ދީފައިވަނިކޮށް  ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރެއާލުންޖެހި ލަނޑު ކާމިޔާބު ކޮށްދީފައިވަނީއެ ޓީމުގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ރެއާލްއަށް މޮޅުވުން މަޖުބޫރު މި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ވަރާންއަށް  ހެދުނު  ގޯހެއްގެ ފައިދާ ނަގާ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް 2 ވަނަ ފަހަރަށް ސިޓީން މެޗުގައި ކުރިހޯދީ 68 ވަނަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ގެބްރިއެލް ޖިސޫސްއެވެ.

ސިޓީ  ރޭގެ މެޗުން މޮޅުވެ  ކުއާޓާއަށް ދަތުރުކޮށްފައިވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޔުއެންޓާސް އާއި ލިއޯންގެ މެޗް

މިމުބާރާތުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ލިޔޯން ރޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2 ލަނޑު 1 ލަނޑުގެ ނަތީޖާއިން ޔުވެންޓަސް މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުން 2 ލަނޑު 1 ލަނޑުން ޔުއެންޓާސް މޮޅުވިޔަސް އެޓީމުވެސް އެގްރިގޭޓް ނަތީޖާއަށް ބަލައިގެންވަނީ މުބާރާތުން ކަޓާފައެވެ

މި ދެޓީމު ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1 ލަނޑު 0 ލަނޑުގެ ގެ ނަތީޖާއަކުން ލިޔޯން ކާމިޔާބުކޮށްފައި ވުމާއިއެކު އެ ޓީމު ރޭގެ މެޗުން 2 ލަނޑު 1 ލަނޑުން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ އެގްރިގޭޓް ނަތީޖާ އެއްވަރުވެ އަވޭ ގޯލުން ކުރި ލިބި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މި ދެޓީމު އެގުރިގޭޓް ނަތީޖާއަކީ 2-2 އެވެ.

ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީވެސް ލިޔޯނުންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން 12 ވަނަ މިނެޓުގައި އެ ޓީމަށް  ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެންފިސް ޑިޕޭއެވެ. މި ލަނޑަށްފަހު ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިޔޯނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން  މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް  ޔުވެންޓަސްގެ ކުޅުންތެރީން ވަނީ  ފުލުފުލުގައި ލިޔޯންގެ ގޯލަށް ނުރައްކާވާކަހަލަ ގިނަ ބޯޅަ ތަކެއް ފޮނުވާފައެވެ . މިގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސްއިންވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް  ލީޑު ނަގާފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑަށްފަހުވެސް  ޔުވެންޓަސްއިން ވަނީ އެ ޓީމު ކުރިއަށް ޖައްސައި އިތުރު ލަނޑެއް ކާމިޔާބުކުރުމަށް  ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިޔޯންގެ ހިތްވަރުގަދަކުޅުންތެރީން ވަނީ ޔުވެންޓަސްއަށް އިތުރު ލަނޑެ ކާމިޔާބު ކުރުމަށް ފުރުސަތުނުދީ މެޗުގެ ފުރިހަމަ ވަގުތުހަމަކޮށްފައެވެ.

މި މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅޭނެއެވެ. ބާސެލޯނާ އިޓަލީގެ ނަޕޯލީއާއި ބައްދަލު ކުރާއިރު ބަޔާން މިއުނިކް ބައްދަލު ކުރާނީ ޗެލްސީއާއެވެ. މި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ރޭ ކުޅެވުނު މެޗްތަކުގެ އިތުރު ތަފްސީލް ހޯއްދެވުމަށް މިލިންކު ބައްލަވާ  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރއަކަށް ނަޝީދު

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިއެވެ. ރައީސް ނަޝިދު އެ މަޤާމަށް ...

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ...

މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ފަރާތުގެ ދަރިފުޅު ކަން ...