މިއަދުވެސް ރާއްޖެއިން ކޯވިޑް-19އަށް ސަތޭކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއަދު އިރުއޮޮއްސި ހައެއްޖެހުމާއި ހަމައަށް 116 ޕޮޒިޓިވްވީއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ޕޮޒިޓިވްވި 111 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 5 މީހެކެވެ. މިއަދުވެސް ޕޒޮޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އޭގެތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 މީހަކާ، ސްރީލަންކާގެ 6 މީހަކާއި، އިންޑިއާގެ 5 މީހަކާއި، ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5157އަށް އިތުރުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 2303 މީހަކަށެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 31 މީހެކެވެ. އެހެންކަމުން ބަލިން ޝިފާލިބި ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 2835އަށް އަރާފައެވެ. ކޯވިޑްގެ ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫޟާތު ހިއްސާކުރުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާރު މިބަލީގެ ނުރައްކާއޮތީ ޢުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫންކަމަށާއި، ޒުވާނުންނަށްވެސް ނުރައްކާ އޮތްކަމަށެވެ. ރާއްޖޭގައި ބަލިޖެހޭ ޒުވާނުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށާއި، އެހެންކަމުން ޒުވާނުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހިފައިވާކަަމަށް ޑޮކްޓަރ އަފްޒަލް ވިދަޅުވިއެވެ.

“ބަލިޖެހޭ ޒުވާނުންވެސް މިދަނީ އިތުރުވަމުން. ޕޮޒިޓިވްވި މިކޭސްތަކުން އެންމެ ގިނައީ 18 އަހަރާ 40 ދެމެދު ޒުވާނުން. މިކަން ވަރަށް ރަނގަޅަށް ދެނެގަނެ އެމަޢުލޫމާތުގެ އަލީގައި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުގެނެސް މި އުމުރުފުޅާއަށް ބަދަލު ގެންނަންޖެހޭ.”

ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 89555 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި އައިސޮލޭޗަން ފެސިލިޓިސްތަކުގައި 1452 މީހުން ތިބިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 145 މީހަކަށެވެ. ހޮސްޕިޓަކުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު މިހާރު އިތުރުވަމުން އަންނައިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ބަލިމީހުންގެ ޢަދަދު ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ވަނީ ފާޅުކުރައްވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހިންގެ މާދަރީ ދިވެހި ބަހަށް ޒުވާނުންގެ ސަމާލުކަން ބޭނުމެވެ.

ހާޝިމް އަބޫބަކުރު ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ކަލަންޑަރުގައި އޮންނައިރު، އެ ދުވަހަށް ސަމާލުކަން ދެނީ ކިތައް ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...

ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ...