ގައުމު ސްޓްރީޓް ކަޕް – ކަޅަބެންޗާ އާއި އުސްގަޑަ ބައްދަލުކުރިމެޗް އުސްގަޑަ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ހިތަދޫ އުސްގަޑަ ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މިމެޗް އުސްގަޑަ ކާމިޔާބުކުރީ ފޭދޫ ކަޅަ ބެންޗާއާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.

ފުރަތަމަ ހާފްގެ 7 ވަނަ މިނިޓްގައި ކޭޑީ ކާމިޔާބުކޮށްދިން ލަނޑުން މިމެޗްގައި ފުރަތަމަ ލީޑްނެގީ އުސްގަޑަޓީމެވެ. އުސްގަޑަ ޓީމުން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގެ ތެރޭގައި ކަޅަބެންޗާއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާމިންއެވެ.

 

މިމެޗްގައި އުސްގަޑަޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފްގެ 14 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔުސްރުއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވާފައިވަނީ އުސްގަޑަޓީމްގެ ޝާންއެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަށް ސިޓީ ޕޮލިސް ފައިނަލަށް، ތިން ވަނަ ސެމީގައި އައްޑޫޕޮލިސް އާއި ގދ. ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ފުވައްމުލަށް ސިޓީ ޕޮލިސް ...

ފައްޔާޒާއި އިދިކޮޅަށް އެރުމަކީ ކުރެވުނު ގޯސްކަމެއް: ނަޝީދު

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ދެން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ...