ގައުމު ސްޓްރީޓް ކަޕްގައި ހުޅުދޫ މަންތަރަ އެފްސީއާއި  އާއި ހިތަދޫ ޒެފިޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޭ މީދޫ ފުޓްސަލް  ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 2-2 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށުނުތަނާހެން ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހުޅުދޫ މަންތަރަ ޓީމުންނެވެ. މިލަނޑަކީ މަންތަރަޓީމުގެ ސަމީނު އެޓީމުގެ ހާފްގެ މެދަކާ ހިސާބުން ވަރަށް ބާރަށް ފޮނުވާލި ބޯޅައެއް ޒެފިޔާގެ ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

މަންތަރަޓީމުން ލަނޑެއްޖަހާ ލީޑު ހޯދުމުން ޒެފިޔާގެ ކުޅުންތެރީން ވަރަށް ބޮޑަށް ކުރިއަށް ޖެހި ލަނޑެއް ކާމިޔާބުކުރަން މަސައްކަތް ކުރަމުންދަނިކޮށް މަންތަރަޓީމުގެ ލީޕަޓުއަށް ލިބުނު ބޯޅައެއް ޒެފިޔާގެ ތިންހަތަރު ކުޅުންތެރީން ކަޓުވާލުމަށްފަހު ގޯލްތެރެއަށް ވައްދަލައިގެން މަންތަރަ ޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައިވެއެވެ.

މަންތަރަޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިން ސަމީނު އަދި ލީޕަޓު

ގިނައަދަދެއްގެ ބެލުންތެރީން ކުޅިބަލަން ހާޒިރުވި މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުމުގައި މަންތަރަޓީމުގެ ކުޅުންތެރީން 5 ފައުލްކޮށްގެން ދުރު ޕެނަލްޓީއެއް ޒެފިޔާއަށް ލިބުނެވެ. ޒެފިޔާއަށް ލިބުނު މިޕެނަލްޓީގައި މެސީ ފޮނުވާލިބޯޅަ ގޯލާއަމާޒުނުވެ ގޮސްފައިވަނީ ބޭރަށެވެ.

ރެފްރީގެ ބައެއް ނިންމުންތަކަށް މަންތަރަޓީމުގެ ކުޅުންތެރީން ހިތްހަމަ ނުޖެހިގެން ޝަކުވާކުރަމުން ދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 2 ލަނޑު 0 ލަނޑުން މަންތަރަ އެފްސީ ކުރިހޯދައިގެންނެވެ.

މިމެޗްގެ ދެވަނަހާފްގެ ކުޅުމުގައިވެސް ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފްގައިވެސް ރެފްރީންގެ ބައެއް ނިންމުންތަކަށް މަންތަރަޓީމުގެ ކުޅުންތެރީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންގޮސްފައިވެއެވެ.

މިމެޗްގެ ދެވަނަ ހާފްގައިވެސް މަންތަރަޓީމުގެ ކުޅުންތެރީން 5 ފައުލްކޮށްގެން ޒެފިޔާއަށް 4 ޕެނަލްޓީ ލިބުނެވެ. މީގެ ތެރެއިން ފުރަތަމަ ޕެނަލްޓީގައި އިންޓޭ ފޮނުވާލި ބޯޅަ ގޯލްދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު  ދެވަނަ ޕެނަލްޓީގައި ދާނިޝް ފޮނުވާލި ބޯޅަވަނީ ގޯލާއަމާޒުނުވެ ބޭރަށްގޮސްފައިވެއެވެ.

ދެވަނަ ހާފްގައި މަންތަރަޓީމަށް ލިބުނު 3 ވަނަ ޕެނަލްޓީގައި އީމާން ނަސީރު ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވައްދާލައިގެން މެޗްގެ ނަތީޖާ 2 -1 އަށް ކޮށްފައިވާއިރު މެޗްގެ އެންމެ ފަހު މިނިޓްގެ ތެރޭގައި ޒެފިޔާއަށް ލިބުނު 4 ވަނަ ޕެނަލްޓީގައި ޝާންޝަރީފް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވައްދާލައިގެން މެޗްގެ ނަތީޖާ 2-2 ން އެއްވަރުވިއެވެ.

ރެފްރީ މަސީހު މަންތަރަ ޓީމުގެ ކުޅުންތެރިއަކު ޒެފިޔާގެ ކުޅުންތެރިއަކަށް ފައުލްކުރިކަމަށް ބަލައިގެން ދެވަނަ ހާފްގެ އެންމެ ފަހުމިނިޓްގެ ތެރޭގައި ޒެފިޔާއަށް ދެއްވި މިޕެނަލްޓީއާއި މެދުވެސް މަންތަރަޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރަޓީމަށް މިމެޗްގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ލީޕަޓެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަރުމަނަށް ވަޑައިގަތުމަށް ރައީސް ނަޝީދު އެއާޕޯޓަށް

ޓެރަަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށްޓަކައި ވެލާނާ އެއާޕޯޓަށް ...

ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ގަލަޓަސަރާއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ. ...

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...