ގައުމު ސްޓްރީޓް ކަޕް – މިއަދު ހަވީރު ކުޅެވުނުމެޗް ކާމިޔާބުކުރީ މަރަދޫ ޔުނައިޓެޑް

ގައުމު ސްޓްރީޓް ކަޕްގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޑީގެ މެޗް މަރަދޫ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މަރަދޫ ޔުނައިޓެޑް މިމިޗެ ކާމިޔާބުކުރީ ފޭދޫ ކްރައުސްއާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.  މިމެޗްގަައި މަރަދޫ ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާ ދެގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ޠޮލާލުއެވެ. ކްރައުސުން މިމެޗުގައި ކާމިޔާބުކޮށްފައިވާ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް ވާފިރުއެވެ.

މިމެޗުން ދެރަވި ކްރައުސް މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި ފޭދޫ ހަބޭސްއާއި ބައްދަލުކޮށް 1 ލަނޑު 1 ލަނޑުން ވަނީ އެއްވަރުވެފައެވެ.މިމެޗުން މޮޅުވި މަރަދޫ ޔުނައިޓެޑް ކުޅުނު މިމެޗަކީ އެޓީމް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑްގެ އަހުމަދު ޠޮލާލްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރާނަން- ރައީސް

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ އިނާޔަތް ފަސް ހާސް ރުފިޔާއަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ...

އައްޑޫ އިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި

ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހްމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ...

ހުޅުދޫގައި މަރާމާރީއެއް ހިގައި އަނިޔާ ލިބުނު މީހާ އައްޑޫ ހޮސްޕިޓަލަށް ފޮނުވާލައިފި

ހުޅުދޫގައި މަރާމާރީއެއް ހިގައި އަނިޔާ ލިބުނު މީހާ އައްޑޫ ހޮސްޕިޓަލަށް ފޮނުވާލައިފި ތަފްސީލް އަންނަނީ