ކޮވިޑް-19: އިތުރު 145 މީހަކު ޕޮޒިޓިވްވެއްޖެ

ރޭ އިރުއޮއްސި 6:00އިން މިރޭގެ 6:00 އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެވެ.  މީގެ ތެރެއިން 145 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި ބަންގްލަދޭޝްގެ 123 މީހަކާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލްގެ މީހަކާއި ޖަޕާނުގެ މީހެއްގެ އިތުރުން ޖޯޑަންގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6370އަށް އިތުރުވެފައެވެ.

ރާއްޖެއިން މިއަދު ކޯވިޑް-19އަށް 145 މީހަކު  ޕޮޒިޓިވްވިއިރު ކޮވިޑް 19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ  މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 127 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3915 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް 19 ގެ ބަލީގައި މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ 161 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން 24 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއާޒް ޕީޕީއެމުން ވަކިވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ،  ޕީޕީއެމުން ވަކިވެއްޖެކަން ހާމަކޮށްފިއެވެ. މުއާޒް ޕީޕީއެމުން ވަކިވެއްޖެކަން ހާމަކުރައްވާފައިވަނީ ...

މަސައްކަތް ކުރަނީ އައްޑޫސިޓީ ހަކަތަ ޕްލާންޓް ޖުލައިމަހު ނިންމަން

އައްޑޫ ސިޓީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ...

އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ...