ގައުމު ސްޓްރީޓް ކަޕް : ރޭ ކުޅެވުނު ދެމެޗުންވެސް މީދޫ ދެޓީމް ބަލިވެއްޖެ

ގައުމު ސްޓްރީޓް ކަޕް ގައި ރޭ ކުޅެވުނު މެޗްތަކުން މީދޫގެ ދެޓީމްވެސް ބަލިވެއްޖެވެ.

ރޭ 8:30 ގައި ކުޅެވުނު ގްރޫޕް ސީގެ  މެޗްގައި  މީދޫ ލޮތަރި އެފްސީއާއި ހުޅުދޫ މަންތަރަ ޖޫނިއާސް ބައްދަލުކުރިމެޗް   ކާމިޔާބުކޮށްފައިވަނީ ހުޅުދޫ މަންތަރަ ޖޫނިއާސްއެވެ

މަންތަރަ ޖޫނިއާސް މިމެޗް ކާމިޔާބުކުރީ  މީދޫ ލޮތަރި އެފްސީ ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި މަންތަރަ ޖޫނިއާސްއިން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝުޖުއާން ޝަފީގެވެ.

ލޮތަރި އެފްސީއަށް މިމެޗްގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ މުންސިފެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންތަރަ ޖޫނިއާސް އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ޝުޖުއާންއެވެ.

ރޭ 10:30 ގައި ކުޅެވުނު ގްރޫޕް ބީގެ މެޗްގައި މީދޫ ނޮރިންމަ އެފްސީވެސް ވަނީ ބަލިވެފައެވެ.

ނޮރިންމަ އެފްސީ ބަލިވެފައިވަނީ އެފްސީ އަފިރިން ޓީމާ ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗުން އެފްސީ އަފިރިން މޮޅުވި ލަނޑު 38 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ސައިފްއެވެ.

 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އަފިރިންގެ އިބްރާހިމް ސައިފްއެވެ.

ރޭ ކުޅެވުނު ދެމެޗުން މީދޫ ދެޓީމް ބަލިވެފައިވާއިރު އިއްޔެ ހަވީރު ކުޅެވުނު މެޗްގައި ހިތަދޫ އުސްގަޑަ ޖޫނިއާސްއާއި ވާދަކޮށް މީދޫ ޗެލެންޖާސް ކުޅުނު މެޗް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ޓެސްޓް އައްޑޫއިން މިހާރު ހެދޭނެ : ޝަރަފުއްސާދާތު

އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު މިހާރު ހެދޭނެ ކަމަށް އައްޑޫ ...

މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުއްވާ ދެއްވައިފިއެވެ. ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...