• Categories
  • Archives

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ:

ޔުނައިޓެޑް ބޯއިސް އަދި މަންތަރަ ޖޫނިއަސް

“ގައުމު ސްޓްރީޓް ކަޕް ” ގައި އިއްޔެ ހަވީރު  ކުޅުނު ފުރަތަމަ މެޗުގައި، ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނޭ މީދޫ ބީރިކަނާއާއި  ހިތަދޫ ރިވެރިންއެވެ.   މިމެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ރިވެރިންއެވެ.  ރިވެރިންގެ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފަހުމީއެވެ.

މިމެޗުގައި ބީރިކަނާއިން ކާމިޔާބުކުރި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހޫދުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިވެރިންގެ އިބްރާހިމް އަމީނެވެ.

އޭގްރޫޕްގައި މިހާތަނަނަށް ކުޅެވުނު މެޗްތަކަށް ބަލާއިރު ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ 3 މެޗު ކުޅެގެން 7 ޕޮއިންޓާއި ފައިދާ 3 ގޯލާއެކު މީދޫ ބީރިކަނާއެވެ. މިގްރޫޕުން މިވަގުތު ދެވަނާގައި އޮތީ 3 މެޗުން 7 ޕޮއިންޓް ލިބިގެން ފައިދާ 2 ގޯލާއެކު މީދޫ ޗެލެންޖާސްއެވެ.

އެފްއާރުޓީ  އަދި ޔުނައިޓެޑް ބޯއިސް

ރޭ 20:30 ގައި  ކުޅެވުނު މެޗްގައި ބައްދަލުކުރީ ގްރޫޕް ސީގައި ހިމެނޭ ހުޅުދޫ ޔުނައިޓެޑް ބޯއިސްއާއި ފޭދޫ އެފްއާރުޓީއެވެ.

މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ހުޅުދޫ ޔުނައިޓެޑް ބޯއިސްއެވެ.

މިމެޗްގައި ޔުނައިޓެޑް ބޯއިސް އިން ކާމިޔާބުކުރި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މުންނިމު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވާފައިވަނި  ޔުނައިޓެޑް ބޯއިސްގެ އަނީފްއެވެ.

ގްރޫޕް ސީގައި މިހާތަނަށް ކުޅެވުނު މެޗްތަކަށް ބަލާއިރު މިގްރޫޕުން ދެމެޗުން 6 ޕޮއިންޓް ލިބިގެން މިވަގުތު އެއްވަނަ ލިބެނީ ފޭދޫ ސަންއޮފް ލޮންސްއަށެވެ. މިގްރޫޕުން މިވަގުތާއި ހަމައަށް ދެވަނަ ލިބެނީ  3 މެޗުން 4 ޕޮއިންޓް ލިބިފައިވާ ޔުނައިޑް ބޯއިސްއާއި ދެމެޗުން 4 ޕޮއިންޓް ލިބިފައިވާ މަންތަރަ ޖޫނިއަސްއަށެވެ.

ކްރައުސް އަދި މަންތަރަ

ރޭ 9:30 ގައި ކުޅެވުނު މެޗްގައި ބައްދަކުރީ ގްރޫޕް ޑީ  ހިމެނޭ ފޭދޫ ކްރައުސްއާއި ހުޅުދޫ މަންތަރައެވެ.   މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންތަރަޓީމްގެ ސަމީނުއެވެ.

މިމެޗް އެއްވަރުވެގެން ނިމުމުން މިގްރޫޕުން ޓީމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތައް ބަލާއިރު ދެމެޗުން 4 ޕޮއިންޓް ލިބިފައިވަނީ މަރަދޫ ޔުނައިޑެޑާއި ހަބޭސް އަށެވެ. ހުޅުދޫ މަންތަރައަށް 3 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި ފޭދޫ ކްރައުސްއަށް 3 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.

ކަޅަބެންޗާ އަދި ގަބުރު އެފްސީ  

ރޭ 10:30 ގައި ކުޅެވުނު މެޗްގައި ބައްދަކުރީ ގްރޫޕް ބީގައި ހިމެނޭ ފޭދޫ ކަޅަބެންޗާއާއި މަރަދޫ  ގަބުރު އެފްސީއެވެ.    މިމެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މިމެޗް އެއްވަރުވެގެން ނިމުމުން މިގްރޫޕުން ޓީމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތައް ބަލާއިރު 3 މެޗުން 5 ޕޮއިންޓް ލިބިގެން މިގްރޫޕުން މިވަގުތާއި ހަމައަށް އެއްވަނަ ލިބެނީ މަރަދޫ ގަބުރު އެފްސީއަށެވެ. މިގްރޫޕްގައި ހިމެނޭ ހިތަދޫ އުސްގަޑަ ޓީމަށް 2 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ މަގުބައްތިތައް ނިއްވާލެވުނު

މިރޭ 20:30 ން 21:30 އަށް ފާހަގަކުރެވުނު އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ހުޅުދޫއާއި ...

މިއަދު 143 މީހުން ޕޮޒިޓިވްވިއިރު އޭގެތެރޭގައި 107 ދިވެހިން

މިއަދު ރާއްޖެއިން  143 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ...

ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ...

ފުވައްމުލަައް ސިޓީން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ

ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ...

ސިނަމާލެ ބްރިޖް ރައީސް ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 : ފައިނަލަށް ރެސޯޓްބޯއިސްއާއި ތައްލިހި

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 ގެ ފައިނަލުން ރެސޯޓްބޯއިސްއާއި ތައްލި  ޖާގަހޯދައިފިއެވެ. ރެސޯޓްބޯއިސް ފައިނަލުން ޖާގަހޯދާފައިވަނީ މިރޭ ކުޅެވުނު ...