ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ:

އެފްއާރުޓީ އަދި މަންތަރަ ޖޫނިއާސް

އިއްޔެ ހަވީރު  ކުޅެވުނު މެޗްގައި ބައްދަކުރީ ގްރޫޕް ސީގައި   ހިމެނޭ ފޭދޫ އެފްއާރުޓީއާއި ހުޅުދޫ މަންތަރަ ޖޫނިއާސްއެވެ. މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެފްއާރުޓިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއާރުޓީގެ އަބްދުﷲ ސައީދެވެ.

އިއްޔެގެ މިމެޗާއެކު އެފްއާރުޓީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 4 މެޗް ކުޅެ ނިމުނުއިރު އެޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.  އިއްޔެގެ މެޗުން މޮޅުވުމުން ލިބުނި 3 ޕޮއިންޓާއެކުވެސް އެފްއާރުޓީ ވަނީ މުބާރާތުން  ކަޓާފައެވެ. އިއްޔެމެޗުން ދެރަވި މަންތަރަ ޖޫނިއާސްއަށް ގްރޫޕް ސްޓޭޖްގައި ކުޅުނު 4 މެޗުން ލިބުނީ 4 ޕޮއިންޓެވެ. އެހެންކަމުން މަންތަރަ ޖޫނިއާސް ވެސް ވަނީ މުބާރާތުން ކަޓާފައެވެ.

މިގްރޫޕުން 3 މެޗުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމްގެ ގޮތުގައި ސަންއޮފް ލޮންސް ކްއާޓާފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން 2 ވަނަ ޓީމްގެ ގޮތުގައި ކުއާޓާފައިނަލަށް ހޮވިފައިވަނީ ލޮތަރިއެވެ. ލޮތަރިއަށް 3 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު މިގްރޫޕްގެ ފަހުމެޗްގައި މިއަދު ހަވީރު ލޮތަރިއާއި ސަންއޮފް ލޮންސް ބައްދަލުކުރާ މެޗް އޮންނާނެއެވެ.

ކަޅަބެންޗާ އަދި ނޮރިންމަ އެފްސީ

ރޭ 8:30 ގައި ކުޅެވުނު މެޗްގައި ބައްދަކުރީ ގްރޫޕް ބީގައި ހިމެނޭ ފޭދޫ ކަޅަބެންޗާއާއި މީދޫ   ނޮރިންމަ  އެފްސީއެވެ.    މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ކަޅަބެންޗާއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކަޅަބެންޗާއާއަށް ދެލަނޑު ކާމިޔާބުކޮށްދިން ހުސެން ޝާމިންއެވެ.

މިމެޗުން ކަޅަބެންޗާ މޮޅުވުމުން އެޓީމަށް 4 މެޗުން 5 ޕޮއިންޓް ލިބުނު ކަމުގައިވިޔަސް ކަޅަބެންޗާވެސްވަނީ މުބާރާތުން ކަޓާފައެވެ . މިމެޗުން ދެރަވި ނޮރިންމަ ކުޅުނު 4 މެޗުންވެސް ބަލިވެ  އެޓީމުވެސްވަނީ މުބާރާތުން ކަޓާފައެވެ.

މިގްރޫޕުން 4 މެޗުން 8 ޕޮއިންޓް ލިބިގެން މަރަދޫ ގަބުރު ކުއާޓާފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން ކްއާޓާ ފައިނަލަށް ހޮވޭ ދެވަނަ ޓީމެއް އެގޭނީ މިރޭ 8:30 ގައި ކުޅެވޭ ހިތަދޫ އުސްގަޑާއި އެފްސީ އަފިރިން ބައްދަލުކުރާމެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

މިމެޗު އެއްވަރުވެގެން ނިމިއްޖެނަމަ އުސްގަޑު ކްއާޓާފައިނަލަށް ހޮވޭނެއެވެ. އެފްސީ އަފިރިންނަށް ކްއާޓާރ ފައިނަލަށް ދެވެންއޮތީ މިމެޗުން މޮޅުވެގެންނެވެ.

ކްރައުސް އަދި ޒެފިޔާ  

ރޭ 9:30 ގައި ކުޅެވުނު މެޗްގައި ބައްދަކުރީ ގްރޫޕް ޑީގައި ހިމެނޭ ހިތަދޫ ޒެފިއާ އާއި ފޭދޫ ކްރައުސްއެވެ.

މިމެޗް 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޒެފިޔާއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާގެ އަމީން އިބްރާހިމްއެވެ.

މިމެޗުން ޒެފިޔާ މޮޅުވުމުން 4 މެޗުން އެޓީމަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. މިމެޗުން ދެރަވި ކްރައުސްއަށް 4 މެޗުން  2 ޕޮއިންޓް ލިބިގެން އެޓީމުވަނީ މުބާރާތުން  ކަޓާފައެވެ.

މިގްރޫޕުން ހަބޭސް ކްއާޓާރފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން ކްއާޓާރ ފައިނަލަށް ހޮވޭ ދެވަނަ ޓީމެއް އެގޭނީ ހަބޭސްއާއި މަރަދޫ ޔުނައިޓެޑް ބައްދަލުކުރާމެޗަށް ފަހުއެވެ. މިމެޗް އެއްވަރުވެގެން ނިމިއްޖެނަމަ ކްއާޓާރ ފައިނަލަށް ހޮވޭނީ ހިތަދޫ ޒެފިޔާއެވެ.  މިމެޗުން މަރަދޫ ޔުނައިޓެޑް މޮޅުވެއްޖެނަމަ ހަބޭސްއާއެކު މިގްރޫޕުން ކްއާޓާރ ފައިނަލަށް ހޮވޭނީ މަރަދޫ ޔުނައިޓެޑެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަފްރަތުގެ ބިލް ސަރުކާރުން ފުރަތަމަ ހުށަހެޅިގޮތަށް ފާސްކުރަން މިހާރު ބޭނުމެއް ނޫން: ރައީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ...

މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ...

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...